އެންމެ ގިނަ މީހުންނަށް ދިމާވާ އެއް މައްސަލައެވެ. ހަމަ ދެންމެ ދިމާވި މީހެއްގެ ނަންވެސް ހަނދާން ނެތޭ ފަހަރު ގިނައެވެ. ހާއްސަކޮށް އެ މީހަކު ނުދަންނަ ގިނަ މީހުންގެ ނަން ގިނަ ފަހަރަށް ހަނދާން ނެތެއެވެ. އެހެން ނަމަވެސް 90ގެ އަހަރުތަކުގެ ލަވަތަކުގެ ލިރިކްސް ހަނަދާން އާންމުކޮށް ހުންނާނެއެވެ. އެއީ ގިނަ ބަޔަކު، ހިތާ ހިތާ ކުރާ ސުވާލެއްވެސް މެއެވެ. އާންމުކޮށް ބުނެ އުޅޭނީ، އެއް ކަންފަތުން ވަދެގެން އަނެއް ކަންފަތުން ނުކުމެގެން ދިޔައީ ކަމަށެވެ.

އާންމުކޮށް ނަންތައް ހަނދާން ނެތޭ މީހުން ގިނަވުމާއެކު އެއީ ކިހިނެތް ވެގެންވާ ކަމެއްކަން ޔުނިވާސިޓީގެ އޮފް ކެލިފޯނިއާގެ މެމޮރީ އެންޑް ޕްލާސްޓިސިޓީ ޕްރޮގްރާމްގެ ޑިރެކްޓަރު ޗަރަން ރަންގަތު ކިޔައިދިނެވެ. އޭނާ ބުނެފައިވާ ގޮތުގައި ބައެއް ފަހަރު ގަޔާވާ، ޝައުގުވެރިވާ މީހުންގެ ނަން ހަނދާން ކުރުމަށް އަހަރެމެންނަށް ފަސޭހަ ނަމަވެސް، އާންމުކޮށް އެއީ ކާކުކަން މުހިއްމު ނުވާ މީހުންގެ ނަން ހަނދާން ނެތޭނެއެވެ.

ނަން ހަނދާން ނެތުމުގައި އޮތީ އެކަން އެކަންޏެއް ނޫނެވެ. ބައިވަރު އެއް ނަމެއް ކިޔާ މީހުން އުޅުމުން، އަހަރެމެންނަށް އާންމުކޮށް އެންމެ ގިނަ ބައެއްގެ ނަން އެނގިފައި ހުންނާނީ "މީހެއްގެ" ގޮތަށެވެ. ސިކުނޑީގައި ހުންނާނީވެސް އެފަދަ ގޮތަކަށެވެ. ޗަރަން ބުނެފައި ވަނީ ނަން ހަނދާން ނެތޭ އަނެއް ސަބަބަކީ މީހުންގެ ސެލްފް ކޮންފިޑެންސް މާ މަތިވުން ކަމަށެވެ.

މިސާލަކަށް ނަން ހަނދާން ކުރަން ނުޖެހޭނެއޭ ހިތާ ނަމެއް އިވުނަސް ހަނދާން ކޮށްލަން ވަގުތުކޮޅެއް ހުސްކޮށް ނުލުމަކީ އެއީވެސް ނަން ހަނދާން ނެތޭ އެއް ސަބަބެއް ކަމަށްވެސް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުރޯ

    ހަނދާން ނެތޭނެ. އެކަމަކު މީހާފަނުމުން ދަންނަ މީހެއްކަމަށް ހީވާނެ. ނަން ހަނދާންނެތި ދާނެ.މީހާގެ ސިފައަށް ބަދަލު އަންނާނެ .މީހާގެ ނަން ދަސް ކުރެވެނީ މީހާގެ ސިފައިން
    .މީހާގެ ސިފަޔަކީ ނަމުގެ ބާކޯޑް .މޫނު ފެނުމުން ސިކުނޑިޔަށް ނަން ނަގާދޭނެ. ސިފަޔަށް އަންނަ ބަދަލުގެ ސަބަބުން އެއީކާކުކަން ބުނެ ނުދެވިދާނެ.