އާންމުކޮށް ހީނުކުރާ ކަހަލަ ޓްވީޓްތަކަށް މީހުންގެ މަގުބޫލުކަން ހުއްޓެއެވެ. މިފަހަރުވެސް މިވީ އެފަދަ ކަމަކަށެވެ. ރަޔަން ސްޓިފަންސްއަކީ ބައްޕައެއްގެ އިތުރުން ފިރިއެކެވެ. 2016 ވަނަ އަހަރުން ފެށިގެން އޭނާ ބްލޮގް ކުރަމުންދާ އިރު، މީހުންނަށް ލަފާ ދިނުމުގައި އޭނާ ވަނީ ކުރިންވެސް މަޝްހޫރުކަން ހޯދާފައެވެ.

ހާއްސަކޮށް އޭނާގެ ދަރިފުޅަށް ދިރިއުޅެން ދަސްކޮށްދިނުމަށް ދޭ ނަސޭހަތްވެސް އޭނާ ހިއްސާކުރާ އިރު، އާއިލީ ގުޅުންތައް ވަރުގަދަކުރުމަށް ކުދިކުދި "ލައިފް ޓިޕްސް" ދިނުމަށް ރަޔަން އަކީ މޮޅު މީހެކެވެ.

އެންމެފަހުން ރަޔަން ދީފައިވާ ނަސޭހަތަކީ އޭނާގެ އަންހެނުންނާއެކު ހަމަޖެހިގެން ދިރިއުޅެމުންދަނީ ކިހިނެތްކަން ބުނެދީފައިވާ ޓްވީޓް ތްރެޑެކެވެ. އޭގައި ވަނީ ދިރިއުޅުން ބާއްޖަވެރިކޮށް، ދެމީހުން މައްސަލަ ނުޖެހި އުޅުމަށް ކުރެވިދާނެ ހަ ކަމެއްގެ ވާހަކައެވެ. ގާތް ގަނޑަކަށް 9،000 މީހުން އޭނާގެ ޓްވީޓްތައް ކުއްލިއަކަށް ރީޓްވީޓް ކޮށްލި އިރު، އޭނާގެ ނަސޭހަތް ވަރަށް ކުޑައެވެ.

1- އެއްވެސް މީހަކަށް އަނެކާގެ ގޯސް ވާހަކައެއް އެހެން މީހެއްގެ ފަރާތުން އެނގިގެން ނުވާނެ. އޭގައި ބުނެފައި ވަނީ މަޖަލަކަށް ދިމާކުރާ ކުރުން އެނގެން ޖެހޭނެ ކަމަށާއި، އަބަދުވެސް އެކަކު އަނެކަކުގެ އުނި ކަންކަން ހިއްސާ ކުރެވި، ސާފުވެފައިވާން ޖެހޭ ކަމަށެވެ.

2- ފުދި އިތުރަށްވެސް ވާހަކަ ދައްކާށެވެ. އޭގައި އެކަކު އަނެކަކުގެ އިހުސާސްތައް ދެނެގަނެ، އެކަކު އަނެކަކުގެ ހިޔާލު އެނގޭ ވަރަށް ދަސްކުރަން ޖެހޭނެއެވެ.

3- އެކުގައި އާކަންތައްތައް ދަސްކޮށް، އާ ކަންކަން ކުރާށެވެ. އޭގެ ތެރޭގައި ޗުއްޓީ ހޭދަކޮށް، އެކުގައި އަމިއްލައަށް ގިނަ ކަންކަން ދަސްކުރަން ޖެހޭނެއެވެ.

4- އެކައެކު އަނެކަކުގެ ޗެމްޕިއަނަކަށް ވާށެވެ. ދެމީހުންނަށްވެސް ލިބޭ ކާމިޔާބީއެކަގައި ފާހަގަކުރާށެވެ.

5- އެކަކު އަނެކަކު ކޮށްދޭ ކަންކަން ބަލައިގަންނާށެވެ. ފައިސާ ދެނީ ނަމަ، ނޫނީ ދަރިން ބެލުން ނަމަވެސް، އެކަންކަން އަޅާ ނުކިޔާށެވެ. ދޭ މިންވަރަކަށް އިހުތިރާމްކޮށް، އަބަދުވެސް ޝުކުރު ކުރާށެވެ.

6- އިތުބާރުކޮށް، އިހުތިރާމް ކުރާށެވެ. އެއީ ކާމިޔާބީގެ އެންމެ ބޮޑު އަސްލެވެ.

އެ ޓްވީޓްތައް އިންތިހާއަށް މަޝްހޫރުވެފައިވާ އިރު، ރަޔަން ބުނެފައި ވަނީ ޓްވީޓްތައް ކުރީ އަންހެނުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު