އަބަދުވެސް ދައްކާ އެއް ވާހަކައެއް އޮވެއެވެ. ކާން ޖެހޭ ތަކެތީގެ ވާހަކައެވެ. އަދި އަބަދުވެސް ދޫކޮށްލެވިފައި އޮންނަ ވަރަސް މުހިންމު އެއް ވާހަކައެއް އޮވެއެވެ. އެއީ ކާ ވަގުތެވެ.

ކިންގްސް ކޮލެޖް ލަންޑަން އާއި ޔުނިވަސިޓީ އޮފް ސާއޮ ޕާލޯ އިން ހަދާފައިވާ ދިރާސާއެއްގައ ބުނެފައިވަނީ ކާވަގަކީވެސް މުހިންމު ކަމެއް ކަމަށެވެ. މިގޮތުން ބުނެފައިވަނީ ކީ ކާންވީ ތަކެއްޗާ ބެހޭ ގޮތުން ލަފާ ދޭ ފަދައިން ކެއުމަށް ވަކި ވަގުތުތަކެއް ކަނޑައަޅަން ވެސް ލަފާ ދޭންޖެހޭކަމަށެވެ. ނަމަވެސް އިތުރަށް މިކަމަށް މިދިރާސާގައި ވާހަކަ ދައްކާފައިއެެއް ނުވެއެވެ.

މިދިރާސާގައި އިތުރަށް ބުނެފައިވަނީ ކާން ޖެހެނީ ކޮންވަގުތުތަކެއް ގައި ކަމެއް، އަދި ކަނޑަ އެޅިގެން ބުނަން ނޭނގުނަސް، ޤަވާއިދުން ކާން ޖެހޭ ކަމަށާއި އަދި ކެއުމުގައި އެއް ގަޑިއަކު ކެޔުމަކީ ބަލިތަކުން ދުުރުވުމަށް އޮތް މަގެއްކަން އެނގިފައިވާ ކަމަށެވެ.

މިދިރާސާގައި ބުނެފައިވަނީ ކެއުމަށް އެންމެ ރަނގަޅު ވަގުތުތައް ކަނޑައެޅުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށާއި އިތުރު ދިރާސާތަކެއް ހަދަން ޖެހޭ ކަމަށެވެ.

މިހެންކަމުން، ކާ ވަގުތާއި ކާ ތަކެތި ވެސް މުހިންމުކަން މިކަމުން ދޭހަކޮށްދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާކުންބެ

    ކާ އެއްޗެއް ނެތިއްޔާ ކާވަގުތު ކިތަންމެ މުހިންމަސް ކޮން ފައިދާއެއް..

  2. އިޔާޒް

    ކާއެތި ކޮޅެށް ލިބިދާނެ ގެއްލިއްޖެ ވަގުތެށް ނުލިބޭނެ ދޯ