ސްމާޓްފޯން ބޭނުންކުރާ ކޮންމެ މީހަކުވެސް ފޯނު ހިފައިގެން މަދުން ނަމަވެސް ފާޚާނާއަށް ވަދެފައި ހުންނާނެކަން ޔަގީނެވެ. ބައެއް ފަހަރު އެއީ ފާޚާނާގައި އިންނަ ވަގުތުކޮޅު ވެސް ބޭކާރުކޮށް ނުލުމަށް ކަމަށް ވެދާނެ އެވެ. ނަމަވެސް މިއީ ކީއްވެގެން ކުރާ ކަމެއްކަން އެނގޭނީ އެކަންތައް ކުރާ ފަތާތްތަކުގެ ކުރެން އެހީމަތާއެވެ.

ސްމާޓް ފޯންތައް އީޖާދު ވުމުގެ ކުރިންވެސް ފާޚާނައަށް ވަންނައިރު، ނޫސް ގަނޑެއް ހިފައިގެން ދިއުމަކީ އާދައެކެވެ. މިހެންކަމުން، މިހާރުވެސް ފާޚަނައިގައި ފޯން ހިފައިގެން ހުރެ ކުރަނީ މިކަން ކުރުމަށް ކަމުގައި ވެދާނެއެވެ.

ނަމަވެސް އަންހެން ވެރިންގެ ބަސް މިކަމުގައި ހުރީ ތަފާތު ގޮތަކަށެވެ. "ވަގުތު" އިން ވާހަކަ ދައްކާލި 18 އަހަރުގެ މީހަކު ބުނެފައިވަނީ، އެމީހަކު ފާޚާނައަށް ފޯން ފާޚާނައަށް ވައްދަނީ ސެލްފީ ނަގަން ކަމަށެވެ.

"ވަރަށް ސަޅިކޮށް ނެގޭނެ ފާޚާނައިން ސެލްފީ. ލޯގަނޑު ކައިރީ ހުރެ." ނަން ނުޖެހުމަށް ޝަރުތުކޮށް 18 އަހަރުގެ މީހާ ބުނެފައިވެއެވެ.

މީގެ އިތުރުން ބައެއް މީހުން ބުނެފައިވަނީ ފާޚާނައިގެ ތެރޭގައި ހުރެ ކިޔާ ލަވަ ވަރަށް ރީތި ކަމަށާއި ފޯން ހިފައިގެން ލަވަ ރިކޯޑް ކުރަންވެސް ފާޚާނައަށް ފޯން ގެންދާ ކަމަށެވެ. މީގެ އިތުރުން ޕަބްޖީ ކުޅެން ފެށުމުން، މަންމަ ނުވަތަ އަނބިމީހާ ރުޅި އައުމުން، ފިލާ އޮވެ ގޭމް ކުޅުމަށްވެސް ފާޚާނަ ވަރުގެ ތަނެއް ނެތް ކަމަށްވެސް "ވަގުތު" އިން ވާހަކަ ދައްކާލި ބައެއް ފަރާތްތަކުން ބުނެފައިވެެވެ.

ކޮންމެއަކަސް ފޯން ފާޚާނައަށް ވެއްދުމަކީ ދިވެހިންގެ ތެރޭގައި ވަރަށް އާއްމު ކަމެކެވެ. ނަމަވެސް މިގޮތަށް ފާޚާނައަށް ފޯން ވައްދައިގެން އުޅޭ ކިތަންމެ ފަހަރަކު ފާޚާނަ ތައްޓަށް ފޯން ވެއްޓި ފޯން ބޭނުން ނުކުރެވޭ ވަރަށް ހަލާކްވާ ފަހަރު އާދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރ4

    ފާޚާނާ ގައި ހުރެ ލަވަކިޔުން، ވާހަކަ ދެއްކުން، ފޮތް ކިޔުން، ނުވަތަ އެއާއި އެއްފަދަ މުޢާމަލާތްތައް (ފޯނުގެ ބޭނުން) ކުރުން މިއީ ދީނީ ގޮތުން ބަލާއިރު ރަނގަޅު ކަންކަމެއް ނޫން.

    28
    5
  2. އަތާށާ

    އަހަރެން ފޯނު ގެންދަނީ އަތްތެރިމަސައްކަތް ކުރަން.

    34
    5