ކުއީންއާއި ރޯޔަލް ފެމެލީގެ ކަންކަމަކީ އެތައް ބައެއްގެ ސަމާލުކަމަށް އަބަދުވެސް އަންނަ ކަންތައްތަކެވެ. ހާއްސަ އެ އާއިލާ އެންމެންގެ ދިރިއުޅުމަކީވެސް އެތައް ބަޔަކަށް މުހިއްމުވާ ކަމެކެވެ. މިފަހަރު ދެކެވޭ ވާހަކައަކީ ކުއީން އެލިޒަބަތު ދޭއްގެ ހާއްސަ އިންސްޓާގްރާމް ޕޯސްޓެއްގެ ވާހަކައެކެވެ.

'ރޯޔަލް ފެމެލީގެ" ހާއްސަ އިންސްޓާގްރާމް އެކައުންޓުން ކުއީން އެންމެ ފުރަތަމަ ކުރި އިންސްޓާގްރާމް ޕޯސްޓް ކޮށްފައި ވަނީ މީގެ ހަތަރު ދުވަސް ކުރިންނެވެ. 4.9 ފޮލޯވަރުން ހިމެނޭ އެކައުންޓުން ކުއީން ކުރި އެންމެ ފުރަތަމަ އިންސްޓާގްރާމް ޕޯސްޓް ކޮށްފައި ވަނީ ސައިންސްގެ ދާރުލް އާސާރެއް ހުޅުވަމުންނެވެ.

ސައިންސް ދާރުލްއާސާރު ހުޅުވުމުގެ ގޮތުން އައިޕެޑެއް މެދުވެރިކޮށް، އެތަނުގައި ހުރެ ކުއީން ކޮށްފައިވާ ޕޯސްޓަކީ 19 ވަނަ ގަރުނުގައި މަޝްހޫރު ކޮމްޕިއުޓަރު އެކްސްޕާޓް ޗާލްސް ބަބޭޖު ފޮނުވާފައިވާ ސިޓީއެކެވެ. ކުއީން ކޮށްފައިވާ ޕޯސްޓްގައި ބުނެފައި ވަނީ ފުރަތަމަ އިންސްޓާގްރާމް ޕޯސްޓް ކުރުމަކީ ލިބުނު ޝަރަފެއް ކަމަށާއި، އުފެއްދުންތެރިކަމަށް ލޯބިކުރާ ހުރިހާ ފަރާތްތަކަށްވެސް ހިތްވަރު ދޭ ކަމަށެވެ.

ކުއީންގެ އިންސްޓާގްރާމް ޕޯސްޓްގެ ތިިރީގައި ހާއްސަ ރަމްޒީ ނަމެއް ޖަހާފައިވާ އިރު، އެ ޕޯސްޓަށް ބަދުބަސް ބުނެ، ހަޑި ހުތުރުބަހުން ކޮމެންޓް ކުރާ ފަރާތްތައް ބޭން ކުރާނެ ކަމަށްވެސް ރޯޔަލް ފެމެލީން ބުނެފައިވެއެވެ.

މީޑިއާތަކުން ބުނެފައި ވަނީ ކުއީން އެންމެފުރަތަމަ އީމެއިލްއެއް ކޮށްފައި ވަނީ މީގެ 43 އަހަރު ކުރިން ކަމަށާއި، ޓެކްނޮލޮޖީއަކީ ކުއީއަށް އެހާ ފަރިތަ އެއްޗެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދޮށިކޮއި ޢަލީގެ މުޙައްމަދު

    އަހަރެމެން ކަނޑުމަސް ކާ މީހުންނަށްވުރެ މާ މޮޔާބައެއް މި އިނގިރޭސި ވިލާތު މީހުންނަކީ

    6
    1