ދަނބަކީ ހުތްފޮނި ރަހައެއްދޭ މޭވާ އެކެވެ. މިއީ އުނިއޮށެއްގެ ސައިޒަށް އޮންނަ ކުޑަ މޭވާ އެކެވެ. ގިތި ނުވަތަ ނިލި ދަނބު ހުންނަނީ ފެހިކުލައިގައެވެ. ދޮންވުމުން ރަތް، އަދި ދަނބުކުލައިގައި ވެސް ހުރެއެވެ. މިއީ ވެސް ކެއުމަށާއި، ޖޫސް ތައްޔާރުކުރުމަށް ބޭނުންކުރާ މޭވާ އެކެވެ.

ސިއްޙީ ފައިދާތައް

• ތާޒާ ދަނބު އޮށަކީ ކުޑަކަމުދާ ތަކެތީގައި ހަކުރުގެ ނިސްބަތް ދަށްކުރުމުގައި އެހީތެރިވެދޭ އެއްޗެކެވެ. އަދި މިއީ މައިދާ ރައްކާތެރިކޮށްދިނުމުގެ ބާރު އެކުލެވިފައިވާ އެއްޗެކެވެ. ދަނބު އޮށް މުގުރައި ހިމުންކޮށްގެން އުފައްދާ ޕައުޑަރު، ފެނާއި އެއްކޮށްގެން ބޭނުންކުރުމުން ކުރިން ބުނިފަދައިން ކުޑަކަމުދާ ތަކެތީގައި ހަކުރުގެ ނިސްބަތް ދަށްވެއެވެ. އަދި މިއީ މާ އަވަސްއަވަހަށް ކުޑަކަމުދާން ޖެހުން، އަދި ބޭރަށްހިންގުން ފަދަ ހާލަތްތަކުގައި ބޭނުންކުރެވިދާނެ އެއްޗެކެވެ.

• ދަނބުގައި ހަޖަމުކުރުމަށް ބޭނުންވާ އެންޒައިމްތައް މައިދާ އިން ދޫކުރުމަށް ބާރުއަޅާ ތަބީޢީ އެސިޑްތައް ހުރެއެވެ. އަދި މިއީ މައިދާގެ މައްސަލަތަކަށް ލުއިކަން ގެނެސްދޭ އެއްޗެކެވެ.

• ދަނބު ފަތަކީ ހަށިގަނޑަށް ވިޓަމިން އީ ނެގުމަށް އެހީތެރިވެދޭ އެއްޗެކެވެ. ދަނބު ފަތުގައި ބެކްޓީރިޔާ އާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު އެކުލެވޭތީ ހިރުގަނޑު ދުޅަވުން ފަދަ ހާލަތުގައި ދަނބު ފަތް އެކަމަށް ފަރުވާކުރުމަށް ބޭނުން ކުރެވެއެވެ. ދަނބު ފަތަކީ ދަތްތަކާއި، ހިރުގަނޑު ވަރުގަދަކޮށް ރަގަޅުކޮށްދޭ އެއްޗެކެވެ.

• ދަނބުގަހުގެ ތޮއްޓަކީ ކުޑަކަމުދާ ތަކެތި ބޭރުވުން އިތުރުކޮށްދޭ، މައިދާއާއި ގޮހޮރުގައި އާލާވާ ފަނި މަރާލައި، ހަޖަމުކުރުމަށް އެހީތެރިވެދީ، އަދި ގޮހޮރުގައި ފާރު އުފެދުން ކުޑަކޮށްދޭ އެއްޗެކެވެ.