މާބަނޑު ދުވަސްވަރު މައިމީހާ ސިގިރެޓް ބޯނަމަ ރަހުމުގައި އޮންނަ ދަރިފުޅު ކުއްލި މަރަކުން މަރުވުމުގެ ފުރުސަތު ދެގުނަ ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އެމެރިކާގައި އަލަށް އުފަންވި 20 މިލިއަން ކުދިންނަށް އަމާޒުކޮށް ހިންގި މި ދިރާސާއިން ދައްކާ ގޮތުގައި 2007 އަހަރުން 2017 ވަނަ އަހަރާއު ހަމައަށް ދުވާލެއްގެ މައްޗަށް އެއް ސިގިރެޓް ނުވަތަ ސިގިރެޓް ފޮއްޓެއް ބޯނަމަ ކުޑަ ދަރިފުޅު ކުއްލި މަރަކުން މަރުވުމުގެ ފުރުސަތު ދެ ގުނަ ބައެއް ފަހަރު ތިން ގުނަ ބޮޑުވާ ކަމަށެވެ.

މި ދިރާސާއިން ދައްކާ ގޮތުގައި 2007 އިން 2011 އަށް ކޮންމެ އަހަރަކު ސިގިރެޓް ބުއިމުގެ ސަބަބުން ތުއްތު ކުދިން މަރުވާ ނިސްބަތް އަހަރަކު 0.7 އިންސައްތަ ވަނީ އިތުރުވެފައެވެ.

ދުނިޔެއިން މަރުވާ ކޮންމެ ދިހަ މީހެއްގެ ތެރެއިން އެކަކަކީ ދުންފަތުގެ އިސްތިއުމާލުގެ ސަބަބުން މަރުވާ މީހެކެވެ. އަދި އޭގެ ދެބައިކުޅާ އެއް ބަޔަކީ ޗައިނާ، އިންޑިއާ، އެމެރިކާ އަދި ރަޝިއާއަށް ނިސްބަތްވާ މީހުންނެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމަކީ ނާރުތަކުގައި ކުނިޖެހެން މެދުވެރިވާ ސަބަބެކެވެ. އޭގެ ސަބަބުން ލޭގެ ހިނގުން ކިލަނބުކޮށްލަ އެވެ. މިއީ ހަންގަނޑުގައި ހިމެނޭ ސެލްސްތަކަށް ލިބެން ޖެހޭ އޮކްސިޖެން އާއި މުހިންމު އެހެން ނިއުޓްރިއެންޓްސް އެންމެ ފުރިހަމަ ގޮތުގައި ލިބުމަށް ހުރަސް އަޅާ ކަމެކެވެ.

އަނެއްކޮޅުން ދުންފަތުގެ ވިހަ މާއްދާތަކުން ލޭ ތަޣައްޔަރުވުމުން އޭގެ ނޭދެވޭ އަސަރު ވެސް ހަންގަނޑުގެ ސެލްސަތަކަށް ކުރަން ފަށައެވެ.

ސިގިރޭޓްގެ ދުމުގައި ހިމެނޭ އެކިއެކި ކެމިކަލްތަކުގެ ސަބަބުން ތަފާތު 43 ވައްތަރެއްގެ ކެންސަރު ޖެހުމަށް މަގުފަހިވެގެންދާ ކަމަށް މިހާތަނަށް ހޯދިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. -_-

    ތިކަމެއް ނޭނގޭ ކުރިޔަކުން.