އާންމުކޮށް ބޮލުގައި އިސްތަށި ނެތުމަކީ ގިނަ ބަޔަކު ކަންބޮޑުވާ ކަމެކެވެ. ހާއްސަކޮށް ފައިސާ އޮތް ނަމަ، އެކަން ހައްލު ކުރުމަށް ބޮޑެތި ހަރަދުތައް ކުރާތަންވެސް އާދެއެވެ. އެކަމަށް ހައްލެއް ނުލިބުމަކީ އިންތިހާއަށް މާޔޫސްވެސް ވާނެ ކަމެކެވެ.

އިންޑިއާގެ ވިޔަފާރިވެރިޔާ ޝްރަވާން ކުމާރު ޗޯދުރީ މަޝްހޫރު ވިޔަފާރިވެރިއެކެވެ. އޭނާ ބޮލުގެ އިސްތަށި އިންދުމުގެ، ހެޔާ ޓްރާންސްޕްލާންޓް ސާޖަރީ ހެދިތާ 50 ގަޑި އިރު ތެރޭ މަރުވުމާއެކު އެކަމާ ބޮޑެތި ސުވާލުތަކެއް އުފެދުނެވެ. ފުލުހުން އެކަމުގައި، އޭނާގެ އޮޓޮޕްސީ ރިޕޯޓެއް ހަދާފައިވާ އިރު، އޮޓޮޕްސީ ރިޕޯޓައް ދައްކާ ގޮތުން އެ މީހާގެ ބޮލުގައި އިސްތަށި އިންދަން ބޭނުން ކުރި ސާމާނުތަކުގެ ރައްކާތެރިކަމަށް ސުވާލު އުފެދެއެވެ.

ކުމާރު ޗޯދުރީ މަރުވުމަށް ދިމާވި އެންމެ ބޮޑު މައްސަލައަކަށް ރިޕޯޓުތައް ބުނެފައި ވަނީ އެލާޖިކް ވުމެވެ.

މިދިޔަ ހުކުރު ދުވަހު ޗޯދުރީ ހޮސްޕިޓަލަށް ގޮސްފައި ވަނީ ނޭވާލާން އުނދަގޫވެ، މޫނާއި ކަރު ދުޅަވެގެން ކަމަށެވެ. ވަގުތުން ޑޮކްޓަރުން ބުނެފައި ވަނީ އެއީ ފުރާނައަށް ނުރައްކާވާފަދަ އެލާޖިކެއް ކަމަށްވާ އެނަފީލަޒީސް ކަމަށެވެ. ތަހުގީގީ އިދާރާއިން ބުނެފައިވާ ގޮތުގައި ޗޯދުރީ ވަނީ އޭގެ ދެ ދުވަސް ކުރިން 15 ގަޑިއިރުގެ ހެއާ ޓްރާންސްޕްލާންޓެއް ހަދާފައެވެ. އޭނާ ވަނީ އެ އޮޕަރޭޝަނުގައި ގާތް ގަނޑަކަށް 9،500 އިސްތަށި އިންދާފައެވެ.

ކިޔުންތެރިންގެ ހިޔާލު