އާންމުކޮށް ބޮޑެތި ފްލައިޓްތަކަކީ ނައްޓާލުމަށްފަހު އަނބުރާ ޖައްސާ އެއްޗެއް ނޫނެވެ. ފްލައިޓްގެ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ނޫނީ، އެއާޕޯޓްގެ މައްސަލައެއްގައި މެނުވީ ފްލައިޓެއް އަނބުރާނުލާނެއެވެ. ވަކިން ހާއްސަކޮށް، ވަކި މީހެއްގެ ކަމެއްގައި ފްލައިޓެއް އަނބުރާ ނުޖައްސާނެއެވެ.

އެހެން ނަމަވެސް ސައުދީ އަރަބިޔާގެ ފްލައިޓް އެސްވީ 832، ޖިއްދާއިން މެލޭޝީއާގެ ކުއަލަލަމްޕޫރަށް ކުރި ދަތުރުގައި ތަފާތު ކަމެއް ވަނީ ދިމާވެފައެވެ. ފްލައިޓްގެ ކެޕްޓަން ޖިއްދާ އެއާޕޯޓްގެ ކޮންޓްރޯލާ ގާތުން ތަފާތު ސުވާލެއް ކޮށްލި ވީޑިއޯވެސް ވަނީ އާންމު ވެފައެވެ. އެގޮތުން ކެޕްޓަން އަހާފައި އަނބުރާލާފައި ދެވިދާނެތޯއެވެ. ކެޕްޓަން ރާގު ހުރި ގޮތުންވެސް އާދައިގެ ކަމެއް ނޫންކަން އިހުސާސް ކޮށްލެވޭ އިރު، އެއާ ޓްރެފިކް ކޮންޓްރޯލާއިން އަހަނީ އެއީ ކީއްވެގެންތޯއެވެ.

އެވަގުތު ފްލައިޓްގެ ކެޕްޓަން ބުނެފައި ވަނީ ފްލައިޓް ތެރޭގައި ހުރި މަންމައަކަށް އާދެވުނީ އަބްދުލް އަޒީޒް އިންޓަނޭޝަނަލް އެއާޕޯޓުގައި ކުޑަ ކުއްޖާ ބައިދާފައި ކަމަށާއި، އޭނާ ބޭނުން ވަނީ އަނބުރާ ކުއްޖާ ބަލާދާން ކަމަށެވެ. އެއާ ޓްރެފިކް ކޮންޓްރޯލްއިން ބުނެފައި ވަނީ އެއީ މުޅިން އާކަމެއް ކަމަށާއި، އެ މައްސަލަ ބަލަން ވަގުތު ދިނުމަށެވެ. އެހެން ނަމަވެސް، ޕައިލެޓް ވަގުތުން ބުނީ އެއީ އިމަޖެންސީއެއް ކަމަށާއި، ރަންވޭއަށް ޖައްސަން ހުއްދަ ދިނުމަށެވެ.

އެއާޕޯޓްގެ ޑިޕާޗާ އޭރިއާގައި ކޮށްޓަކަށް ލާފައި ކުއްޖާ ބައިދާފައި ދެވުނު އިރު، ފްލައިޓް ވަނީ އަނބުރާ ޖައްސާފައެވެ. ކެޕްޓަންގެ އޯގާތެރިކަމަށް އެތައް ބަޔަކު ތައުރީފްވެސް ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާަމުއާޒު

    ބެސްޓް

    18