އިންޑިއާއަކީ އާންމުކޮށް ރޭޕްގެ މައްސަލަތައް އެންމެ ގިނަ ގައުމެވެ. ހާއްސަކޮށް އެގައުމުގެ ނޫސްތަކުން ރޭޕްތަކުގެ ސުރުހީއެއް ނުފެންނަ ދުވަހެއް ނުދާނެއެވެ. ގައުމުގެ އެތައް ބަޔަކު އެކަމާ ކަންބޮޑުވެ، މަގުތަކަށްވެސް ނުކުންނަ އިރު، އެކަމަށް އެންމެ އެކަށޭނެ ހައްލެއް އަދިވެސް އޮތީ ނުފެނިއެވެ. މުޅި ގައުމުގައި ރޭޕްގެ އަޑު ގަދަވެފައިވާ އިރު، އިންޑިއާގެ ސަރުކާރަށް މާބޮޑުކަމެއް ކުރެވިފައެއް ނުވެއެވެ.

އިންޑިއާގެ ހައިދްރައާބާދުގައި މިދިޔަ ހަފްތާ ތެރޭގައި އަންހެނަކު ރޭޕް ކޮށްލާފައި ވަނީ އޭނާގެ ފިރިމީހާގެ ދެބޭން ދެދަރި މީހެކެވެ. އޭނާ އިތުރު ދެ މީހަކާއެކު އަންހެން މީހާ ގެއަށް ގޮސް، ފުރަތަމަ ކުރި ކަމަކީ ދެ ކުދިން އެހެން ރޫމަކަށް ގެންގޮސް ހަޅޭ ނުލެވޭނެހެން ބަންދު ކުރީއެވެ.

އަންހެން މީހާ ކިޔާދީފައިވާ ގޮތުގައި ފިރިހެނުން އައިސް އޭނާ ރޭޕް ކޮށްފައި ވަނީ ފިރިމީހާ ނޫޅޭ ވަގުތު ބަލާފައި ކަމަށެވެ. އަންހެން މީހާގެ ފިރިމީހާއަކީ ކުރޮޅު ދުއްވާ މީހެކެވެ.

އެ އަންހެން މީހާގެ އާއިލާއިން ރާޖެސްތާން ދޫކޮށް ހައިދްރައާބާދަށް ބަދަލުވިތާ އަދިވީ ތިން މަހެވެ. އެ ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.