ޕްރިންސް ހެރީ އާއި މޭހަން މާކެލްގެ ގުޅުން ފެށުނު ހިސާބުން މޭގަން އަށް އެތައް ބައެއްގެ ސަމާލުކަން ލިބުނެވެ. މިއަދު މޭގަން އަކީ އެންމެ ނުފޫޒުގަދަ އަންހެނުންގެ ލިސްޓްގައި ހިމެނިފައިވާ ބޭލަނބަލެކެވެ. އެހެންކަމުން މޭގަން އާއި ވައްތަރު ވާން ބޭނުންވާ މީހުންނާއި މޭގަން ކޮޕީ ކުރަން ބޭނުންވާ މީހުން ވެސް އެބައުޅެއެވެ.

އެމެރިކާގެ ހޮސްޓަންގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރާ އުމުރުން 36 އަހަރުގެ ޒޮޗީ ގްރީރް މިވަނީ މޭގަން އާއި ވައްތަރު ވާން ވެގެން ޕްލާސްޓިކް ސާޖަރީއެއް ހަދާފައެވެ.

އޭނާގެ ޕްލާސްޓިކް ސާޖަރީ ހަދާފައި ވަނީ ޓެކްސަސްގައި ޕްލާސްޓިކް ސާޖަރީތައް ހެދުމަށް މަޝްހޫރު ޑޮކްޓަރެއް ކަމަށްވާ ޑރ.ފްރެންކްލިން ރޯސް އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ގްރީރްގެ ޕްލާސްޓިކް ސާޖަރީގައި އޭނާގެ ނޭފަތާއި މޫނޫގެ މަސްތަކަށް ވަނީ ބަދަލު ގެނެސްފައެވެ. މިސާޖަރީއަށް އޭނާ 30000 ޑޮލަރު ޚަރަދު ކުރިކަމަށް ވެއެވެ. އެއީ ސާޖަރީ ކުރި ޑޮކްޓަރުން ދިން ހާއްސަ ޑިސްކައުންޓަކަށް ފަހުއެވެ.

ޕްލާސްޓިކް ސާޖަރީއަށް ފަހު ގްރީރްގެ ސިފަ މޭގަން އާއި ވައްތަރު ވެފައިވާކަމަށް އޭނާ ބުނެއެވެ. ސިފަ އަށް އައި ބަދަލުގެ ސަބަބުން އޭނާ ހުރީ މިހާރު ވަރަށް ހިތްހަމަޖެހިފައި ކަމަށް ވެސް ގްރީރް ބުނެއެވެ.

ނަމަވެސް މީސް މީޑިއާގައި ކޮމެންޓް ކުރި މީހުން ބުނެފައިވާ ގޮތުގައި ގްރީރްގެ މޫނުމަތިން މޭގަން އާއި ވައްތަރު ކަމުގެ އެއްވެސް ސިފައެއް ނުފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލޮލް

    ވައްތަރެއް ނޫން.
    އަދި ތިއޮއް މޭކަޕުތަކެއް. ހަހް. މޭގަން އަކީ ޕްރިންސެއްގެ އަންބަކަށް ވިޔަސް ނުލާހިކު ސާދާކޮށް ހުންނަ ޒުވާނެއް. އެއްވެސް ޝޯއޮފެއް ނުވާނެ ތިހެންނެއް

    9
    2
  2. hahaa

    kaleyne kaleyney haadha vahtharey

    3
    2