ހިތުގައި އޮތް އެއްޗެއް ދެނެގަނެވޭނެ ނިޒާމެއް މަޝްހޫރު މީސް މީޑިއާ ފޭސްބުކްއިން އުފައްދަން ތައްޔާރު ވެއްޖެއެވެ.

މިކަން އިއުލާންކޮށް ފޭސްބުކްގެ ސީއީއޯ މާކް ޒުކާބާގް ވިދާޅުވީ އިންސާނާގެ ހިތުގައި އޮތް އެއްޗެއް ނުވަތަ އިހުސާސްތަށް ދެނެގަނެވޭނެ ކޮމްޕިއުޓަރ އިންޓަފޭސް އެއް ތައްޔާރު ކުރުމުގެ މައްސަކަތް ކުރިއަށް ދާކަމަށާއި ކައިރި މުސްތަގުބަލެއްގައި މި ނިޒާމުގެ ޒަރީޔާއިން ސިކުޑި ބޭނުންކޮށްގެން ކީބޯޑަކާއި ނުވަތަ އެއްވެސް ޓަޗް ކުރުމެއް ނެތި ސިކުޑި ބޭނުން ކޮށްގެން ބޭނުން އެއްޗެއް ލިޔެ ފަންގްޝަން ކުރެވޭނެ ކަމަށެވެ.

ފޭސްބުކް އިން ބޮޑެތި އާ ބަދަކުތަކެއް ގެންނަން ތައްޔާރުވަމުން ދާއިރު އެކުންފުނިން ވަނީ ދާދި ފަހުން ބެލެކް މެސެންޖާ ފީޗާވެސް އާންމު ކޮށްފައެވެ.

މިދިޔަ އަހަރު ނިއުސް ފީޑަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ބައެއް ކަހަލަ ޕޯސްޓްތަށް ނުފެންނަ ގޮތް ހެދުމާއި ތިމާއަށް އުނދަގޫ ކުރާ ފަރާތްތަކުގެ ކިބައިން ސަލާމަތްވުމަށް "ބަޓަން" އެއް ވަނީ ތައާރަފްކޮށްފައެވެ. އަދި ލައިކްގެ ބަދަލުގައި ފޮޓޯތަކަށް ރިއެކްޓް ކުރެވޭނެ ގޮތްވެސް ވަނީ ތައާރަފްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަޒީރާމަނިކު

    ތިޓީމްގައި އުގައިލު ހިމަނަންވާނެ.