ދުވަހެއް ދުވަހަކަށް ތަކެތީގެ އަޑު ދަނީ އުފުލެމުންނެވެ. ހާއްސަކޮށް މައުދަންތަކާއި، އެއްޗެހި ތައްޔާރުކުރަން ގެންގުޅޭ ހުރިހާ އެއްޗެއްގެވެސް އަގުތައް ދަނީ އިންތިހާއަށް އުފުލެމުންނެވެ. ހާއްސަކޮށް، އެތައް އާންމު ދިރިއުޅުމުގައި ބޭނުންކުރެވޭ ހުރިހާ އެއްޗެއްވެސް އަގުބޮޑުވަމުންދާ އިރު، އަހަރެމެންނަށް އެންމެ އަގުބޮޑުކޮށް މި ފެންނަނީ ރަނާ ރިހީގެ ބައެއް ބާވަތްތަކެވެ. ނޫނީ ޑައިމަންޑްގެ ބާވަތްތަކެވެ.

އެހެން ނަމަވެސް ރީސާޗު ކުރާ ފަރާތްތަކުން ވަނީ އަގުބޮޑެތި އެއްޗެހި ލިސްޓްކޮށް، އެ މައުދަންތަކުގެ އަގުތައްވެސް ލިސްޓް ކޮށްފައެވެ. ޑައިމަންޑަކީ އަގުބޮޑު ކަމާ ގާތްވެސް ކުރާ އެއްޗަކަށް އެ ލިސްޓްގައި ނުވެއެވެ. ބަރުދަނަށް ބަލާ ދުނިޔޭގެ އެންމެ އަގުބޮޑު އެއްޗަކީ އެންޓިމެޓާ ނަމަކަށް ކިޔާ ސަބްސްޓޭންސެކެވެ.

އެންޓިމެޓާގެ ގްރާމެއްގެ އަގަކީ 100 ޓްރިލިއަން ޑޮލަރެވެ. ގަނެވޭނެވެސް މީހެއް ނެތެވެ. އެހެން ނަމަވެސް މީގެ ކުރިން އެއަށްވުރެ އަގުހެޔޮ އިރު، އޭގެ ވިޔަފާރި ވަނީ ދުނިޔޭގައި ހިނގާފައެވެ.

އެންޓިމެޓާއަކީ ސައިންސް ފިކްޝަނެއް ކަމަށް ހީވި ނަމަވެސް، އެއީ ހަކަތައިގެ އެންމެ ވަރުގަދަ އެއް ވަސީލަތެވެ. ދުނިޔެއިން ބޭރަށް ދަތުރުކުރާ ސްޕޭސް ޝަޓުންތަކަށް ބޭނުންކުރާ ހަކަތަ އުފެއްދުމަށް އެންޓިމެޓާގެ ބޭނުން ކުރަން ތައްޔާރުވާ އިރު، މީގެ އެތައް އަހަރެއް ކުރިން 1990ގެ އަހަރު ތަކުގައިވެސް އެންޓިމެޓާގެ އަގު ގްރާމެއް 60 ޓްރިލިއަން ޑޮލަރަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޞަބީ

    ކަލޯ އެންޓި މެޓާ އަދި ޑިސްކަވާރ ނުވޭ

  2. ނަންް

    މި ޚަބަރު އަދި ދެކޮޅު ނުޖެހޭ ނޫނީ ފުރިހަމައެއް ނުވޭ. އާދައިގެ މަތިން ވަގުތު ނިއުސް. އަޖާއިބެއް ނުވޭ އެކަމަކު.

    9
    2
  3. Anonymous

    ދުނިޔޭގެ އެންމެ އަގުބޮޑު އެއްޗަކީ އިއްފަތްތެރި އަބްހެނުންނާ ފިރިހެނުން

    35
    3