އިންޑިއާގައި ކުޑަ ހިންދޫ ފައްޅިއެއްގެ ތެރޭގައި އުމުރުން އަށް އަހަރުގެ އަންހެން ކުއްޖަކު ފަސް ދުވަސް ވަންދެން ރޭޕްކޮށް، މަރާލި މައްސަލައިގައި މުސްލިމުންނާ ހިންދޫންގެ ކުރިމަތިލުން ބޮޑުވެއްޖެއެވެ.

ޖަންމު ކަޝްމީރުގެ ކަތުނާ އަވަށުގައި އެކަން ހިނގާފައިވާ އިރު، އެ އަންހެން ކުއްޖާއަކީ އާސިފާ ބަނޫއެވެ. އާސިފާ ބަނޫ ރޭޕްކޮށް މަރާލާފައި ވަނީ އަށް ފިރިހެނުން ވެގެންނެވެ. އެމީހުން ފައްޅިއެއްގެ ތެރޭގައި އާސިފާ ފަސް ދުވަސް ވަންދެން ބަންދުކޮށް، ގެންގުޅެފައިވާ އިރު، މަރާލީ ގަލަކުން ބޮލުގައި ޖަހައިގެން ކަމަށް ފުލުހުން ތަހުގީގުން ބުނެފައިވެއެވެ.

ފައްޅި ބަލަހައްޓަން އުޅޭ މީހާވެސް އެކަމުގައި ޝާމިލުވެފައިވާ އިރު، އެކަން ކުރުމަށްފަހު އެ އަށް ފިރިހެނުން ވަނީ ސަރަހައްދުގެ ފުލުހުންނަށް ބޮޑެތި އަދަދުން ފައިސާދީ ހެކި ނައްތާލަން ބޮޑު މަސައްކަތެއް ކޮށްފައެވެ. އެގޮތުން ބައެއް ފުލުހުންނަސް ފަސް ލައްކަ ރުޕީސް ދީފައިވާ ކަމަށްވެސް ތަހުގީގުން ދައްކައެވެ.

އެ އަށް މީހުންވެސް ފުލުހުން ހައްޔަރުކޮށް، ތަހުގީގު ނިންމާ ދައުވާވެސް އުފުލާފައިވާ އިރު، ހިންދޫ ގާނޫނީ ވަކީލުން ބުނެފައި ވަނީ އެކަން އެއީ އެމީހުން ނުކުރާ ކަމެއް ކަމަށެވެ. ކޯޓުގައި އާސިފާ ބަނޫއަށް އިންސާފު ނުލިބިދާނެ ކަމަށް ބަލާ، އެތައް ބަޔަކު މަގުތަކަށް ނުކުމެފައިވާ އިރު، އެ ސަރަހައްދުގައި ހިންދޫންނާ މުސްލިމުން ދަނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކުރިމަތިލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވިސްނާ

    މިހާ ގޮތްކުޑަ ރަހުމްކުޑަމީހުން އިންޑިއާގައި އުޅޭއިރުވެސް މުސްލިމުންގެނަމުގައި ދިވެހިރާއްޖޭގައި
    އުޅުއްވާ ބައެއްދިވެހިން އިންޑިއާވަރެއްނެތިގެން ސަޕޯރޓްކޮށް ދިވެހިރާއްޖޭގެ ބައެއްހަރުމުދާ އިންޑިއާގެ ކުންފުންޏަށް ވިއްކާލުމުގެ ނަމުގައި ދީފައިވެސްވޭ މުސްލިމްކުޑައަހެންކުއްޖަކަށް އެތާގެ
    ފައްޅިއެއްގައި ދީފައިވާ ރަހުމުކުޑައަނިޔާއާ މަރާލުމުން އިބްރަތްހާސިލްކުރައްވާ މިވަރުގެ ރަހުމްކުޑަ
    ބަޔަކު ރަހުމްކުރާނެ އެހެންބަަޔަކުތިބޭނެކަމަށް ނުބައްލަވާ ޚާސަކޮށް މުސްލިމެއްނަމަ

    24
    1
  2. ޢަދުރޭ

    ހުރިހާވެރިން ވެސްބޮއެގެން ވިސްނޭއިރު އަތައްގޮވާފަ މިވަރުން ވިސްނާލާ