އާންމުކޮށް ވެރިކަން ކުރާ ފަރާތްތަކުގެ "ބޮޑީ ޑަބަލް" ސަލާމަތަށްޓަކައި ގެންގުޅޭ ކަމަށް އެންމެ ކުރިން ސުރެވެސް ވާހަކަތައް ދެކެވެމުން ދެއެވެ. އެހެން ނަމަވެސް ވެރިންގެ އަނބިންގެ "ބޮޑީ ޑަބަލް" އާންމުކޮށް ބޭނުންކުރާތަނެއް ނުފެނެއެވެ. އެމެރިކާގައި މިހާރު ހުރި ރައީސް، ޑޮނަލްޑް ޓްރަމްޕްގެ މޮޑެލް އަންހެނުން، މެލާނިއާ ޓްރަމްޕުގެ "ބޮޑީ ޑަބަލް"އެއް ގެންގުޅޭ ކަމަށް އެތައް ވާހަކައެއް ވަނީ ފެތުިރިފައެވެ.

އެމެރިކާގެ އަލަބާމާއަށް އެރި ނަގޫ ރޯޅީގައި ގެއްލުން ލިބުނު ފަރާތްތަށް ކައިރިއަށް ޒިޔާރަތް ކުރި ޓްރަމްޕްގެ ދެމަފިރިން ނަގާފައިވާ ފޮޓޯއަކަށް އެތައް ބައެއްގެ ސަމާލުކަން ހުއްޓުނު އިރު، "ފޭކް މެލާނިއާ"އާއެކު ތަފާތު ހޭޝްޓެގްއެއް ވަނީ ފެތުރިފައެވެ. ޓްވީޓްތައް ބުނާ ގޮތުން އެ ފޮޓޯގައިވާ މެލާނިއާ 6 އިންޗް ވަރު ކުރެވެ. އަދި މޫނުމަތިންވެސް ބޮޑެތި ތަފާތަކެއް ފެނެއެވެ.

އޭގެ އިތުރުން ގިނަ ބަޔަކު ފާހަގަކޮށްފައި ވަނީ މެލާނިއާ އަކީ އާންމުކޮށް، އެއްވެސް ތަނެއްގައި ޓްރަމްޕާ އެހާ ކައިރީގައި ހުންނަ މީހެއް ނޫން ކަމަށާއި، ފޮޓޯގައި ހުރީ އަތުގައި ހިފައިގެން ވަރަށް ގާތުގައި ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަހަހަހަހަ

    ކިހިނެއް އެނގެނީ އަތުގަ ނުހިފަ ހުންނަނީ ފޭކު މެލާނިއާ ނޫން ކަމެއް އަދި މިހާރު މީ އަސްލެ މެލާނިއާ ކަމެއް ލޮލްލްލް މިއޮއް ކަމެއް މިސްޓަރ ވަގުތޭތޭތޭ

    5
    2
  2. /

    އެއީ އެހާބޮޑަށް މޭކަޕްނުކޮށް ހުރީމައޭ.

    7
    1