އިންޑިއާގެ މާބަނޑު އަންހެނަކު ޔޫޓިއުބުން ވީޑިއޯ ބަލައިގެން އަމިއްލައަށް ވިހަން އުޅުމުގެ ތެރޭގައި މަރުވެއްޖެއެވެ.

ފުލުހުން ބުނާ ގޮތުގައި ކައިވެނިން ބޭރުން ބަލިވެ އިން އުމުރުން 25 އަހަރުގެ އަންހެން މީހާ މަރުވެފައި ވަނީ އޭނާ މީގެ ހަތަރު ދުވަސް ކުރިން ކުއްޔަށް ހިފި އެޕާޓަމަންޓެއްގެ ތެރޭގައެވެ. އެޕާޓްމަންޓްގެ ދޮރުފަތުގެ ދަށުން ލޭ ފެނިގެން މީހަކު ފުލުހުންނަށް ގުޅުމުން ފުލުހުން އައިސް ދޮރު ހުޅުވިއިރު އެޕާޓްމަންޓްގައި އޮތީ ލޭގެ ކޯރެއް ހެދިފައެވެ.

އޭރު އަންހެން މީހާ އާއި އޭނާގެ ދަރިފުޅު ވެސް އޮތީ މަރުވެފައެވެ.

ފުލުހުން ބުނާ ގޮތުގައި އަންހެން މީހާގެ ފޯނުން ލިބުނު މައުލޫމާތުން އެނގޭ ގޮތުގައި އޭނާ މަސައްކަތް ކުރީ ޔޫޓިއުބްގެ ޓިއުޓޯރިއަލް ވީޑިއޯ ބަލައިގެން އަމިއްލައަށް ވިހާށެވެ.

އަމިއްލަ އަށް ވިހަން އޭނާ މަސައްކަތް ކުރީ އޭނާ ބަލިވެ އިނީ ކައިވެނި ނުކޮށް ކަމަށް ވާތީ ހޮސްޕިޓަލަށް ދިއުމުން ހޮސްޕިޓަލް މުވައްޒަފުންގެ ފާޑުކިޔުމާއި ފުރައްސާރަ ކުރިމަތިވެދާނެތީ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން މިހާރު ވަނީ މަރުވި އަންހެން މީހާ އާއި އޭނާ އަށް ލިބުނު ފިރިހެން ކުއްޖާގެ ހަށިގަނޑު އަންހެން މީހާގެ އާއިލާ އާއި ހަވާލު ކޮށްފައެވެ.

އަންހެން މީހާ ކުއްޔަށް ހިފައިގެން ހުރި އެޕާޓްމަންޓްގެ ވެރިޔާ ފުލުހުންނަށް މައުލޫމާތު ދީފައިވާ ގޮތުގައި ވިހަން ވާއިރަށް އޭނާގެ މަންމަ އޭނާ ކައިރިއަށް އަންނާނެ ކަމަށް އަންހެން މީހާ އެޕާޓްމަންޓް ކުއްޔަށް ހިފި ދުވަހު އެތަނުގެ ވެރިމީހާ ކައިރީ ބުނެފައި ވެއެވެ. ނަމަވެސް އަންހެން މީހާގެ މަންމަ އޭނާގެ ކައިރިއަށް އައިސްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަނޑި

    ވަޓް އިސް ދިސް .. .. ނޮޓް ގުޑް .. ނީޑް ޓު ބީ މޯ އަވެއާރ ...

    7
    2
  2. އައްޕަވެސް ފިލީދޯ.

    3
    1