ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބޭނުން ކުރާ މީސް މީޑިއާ ނެޓްވޯކް ކަމަށްވާ ފޭސްބްކް އާއި ފޭސްބުކްގެ ދަށުން ހިންގަމުން އަންނަ އިންސްްޓަގްރާމް އަދި ވަޓްސްއެޕް އެޕްލިކޭޝަން ޑައުންވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ފޭސްބުކާއި އިންސްޓަގްރާމް އަދި ވަޓްސްއެޕް ބޭނުން ކުރުމުގައި ދަތިތައް ދިމާވެގެން އެތައް ލައްކަ ބަޔަކު ގެންދަނީ އެކަމުގެ ޝަކުވާތައް ކުރަމުންނެވެ.

ފޭސްބުކަށް ލޮގިން ވުމުގައި ބައެއް ދަތިތައް ބައެއް މީހުންނަށް ދިމާވެފައި ވާއިރު އަނެއް ބަޔަކަށް ވަނީ ބައެއް ޕޭޖްތަކާއި، ޕޯސްޓްތައް ހޯދުމަށް ދަތިވެފައެވެ. ފޭސްބުކްގެ މެސެންޖާއިން ބައެއް މީހުންނަށް މެސެޖް ކުރެވުނު ނަމަވެސް ފޮޓޯ ފޮނުވުމުގައި ދަތިތައް ދިމާވެފައި ވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފޭސްބުކާއި އެހެން އެޕްލިކޭޝަންތައް ބޭނުން ކުރުމުގެ ދަތިތައް ދުނިޔޭގެ ހުރިހާ ސަރަހައްދެއްގެ މީހުންނަށް ވެސް ވަނީ ކުރިމަތިވެފައެވެ.

ފޭސްބުކާއި، އެކުންފުނީގެ އެހެން އެޕްލިކޭޝަންތަކަށް ދިމާވެފައިވާ މައްސަލަ އާއި ގުޅިގެން ފޭސްބުކް އިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

އެހެންކަމުން ދިމާވެފައިވާ މައްސަލަ ހައްލު ކުރެވޭނެ އިރެއް އަދި ނޭނގެއެވެ.

(ތަފްސީލް އަންނަނީ)

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާލު

    ވަރަށް ބޮޑު ގެއްލުންތަކާއި ކުރިމަތި ވެއްޖެ! ބަދަލު ހޯދަދޭން ދިވެހި ސަރުކާރަށް ގޮވާލަން! ކިނބޫ ބުނެފައި އޮތީ ޑޮލަރެންސް ގެ ވާހަކަ... ހިތާވެގެން އުޅޭ މަންޖެއަށް ނިދުމުގެ ކުރިން ފޮނުވާ ފޮޓޯ ގަނޑުވެސް ނުފޮނުވުނު...

    2
    1