ދުނިޔޭގެ އެންމެ ބޮޑު މީސް މީޑިއާ ނެޓް ވޯކް ފޭސްބުކްއާއި ދެކޮޅަށް ޖިނާއީ ތަހުގީގެއް ފަށައިފިއެވެ.

އެމެރިކާގެ ޕްރޮސެކުޓަރުން ފޭސްބުކާއި ދެކޮޅަށް ޖިނާއީ ތަހުގީގެއް ފެށީ ފޭސްބުކް ބޭނުން ކުރާ އެތަށް ބައެއްގެ ޒާތީ މައުލޫމާތު އެބަޔަކަށް ނޭގި ގިނަ އަދަދެއްގެ ޓެކެނޮލޮޖީ ކުންފުނި ތަކަކާއި ހިއްސާ ކުރިކަމަށް ބުނެއެވެ.

ފޭސްބުކް ބޭނުން ކުރާ ބައެއްގެ ޒާތީ މައުލޫމާތުތަށް 150 ކުންފުނި އަކާއި ހިއްސާ ކުރިކަމަށް ފޭސްބުކްގެ ބަނީ މާކް ޒުކަބާގްގެ މައްޗަށް ވަނީ ތުހުމަތު ކުރެވިފައެވެ.

ފޭސްބުކް ކުންފުނިން ވަނީ އެކުންފުނީގެ މައްޗަށް ކުރާ ހުރިހާ ތުހުމަތުތަކަށް ރައްދުދީ ތަހުގީގަށް އެއްބާރުލުން ދޭނެކަމަށް ބުނެފައެވެ.

ފޭސްބުކްގެ މައްޗަށް ޖިނާއީ ތަހުގީގެއް ފަށާފައި މިވަނީ އިއްޔެ ފޭސްބުކް އަދި އެކުންފުނީގެ ދަށުން ހިންގަމުން އަންނަ އިސްޓަގްރާމް , މެސެންޖާ , އަދި ވަޓްސްއެޕް ޑައުންވެ އެޕްލިކޭޝަން ތަށް ބޭނުން ކުރުމުގައި ދަތިތަކެއް މެދުވެރިވެފައި ވަނިކޮށެވެ.

ފޭސްބުކް ކުންފުނިން ބުނި ގޮތުގައި ދިމާވެފައިވާ މައްސަލަ ހައްލު ކުރެވޭނެ އިރެއް އަދި ނޭނގޭ ކަމަށާއި މައްސަލަތަށް ހައްލު ކުރުމަށް މިހާރު ދަނީ މައްސަކަތް ކުރަމުން ކަމަށާއި މިއީ ޑޯސް ހަމަލާއެއް ވެސް ނޫން ކަމަށެވެ.

އިއްޔެ އާއި މިއަދު ފޭސްބުކަށް ލޮގިން ވުމުގައި ބައެއް ދަތިތައް ބައެއް މީހުންނަށް ދިމާވެފައި ވާއިރު އަނެއް ބަޔަކަށް ވަނީ ބައެއް ޕޭޖްތަކާއި، ޕޯސްޓްތައް ހޯދުމަށް ދަތިވެފައެވެ. ފޭސްބުކްގެ މެސެންޖާއިން ބައެއް މީހުންނަށް މެސެޖް ކުރެވުނު ނަމަވެސް ފޮޓޯ ފޮނުވުމުގައި ދަތިތައް ދިމާވެފައި ވެއެވެ.

ފޭސްބުކް ޑައުން ވުމުގެ މައްސަލަ ފަހަކަށް އައިސް ދޭތެރެ ދޭތރެއިން ދިމާވަމުން އަންނަ އިރު ރިޕޯޓްތައް ބުނާ ގޮތުގައި ފޭސްބުކާއި އެހެން އެޕްލިކޭޝަންތައް ބޭނުން ކުރުމުގެ ދަތިތައް ދުނިޔޭގެ ހުރިހާ ސަރަހައްދެއްގެ މީހުންނަށް ވެސް ވަނީ ކުރިމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު