މިއީ އެތައް ބަޔަކު ހިތައް އުނދަގޫވި ހާދިސާއެކެވެ. މިއީ މެލޭޝިޔާގެ އަވަށެއްގައި ހިނގި ހާދިސާއެކެވެ.

މަންމައަކު އޭނާގެ ދަރިފުޅު ކާރު ތެރޭގައި ބާއްވާފައި ދިޔައީ ހަނދާން ނެތިގެންނެވެ. އުމުރުން ދެ އަހަރުގެ އެ ކުއްޖާ ކާރު ތެރޭގައި ހަތަރު ގަޑިއިރު ވަންދެން އޮތެވެ. އެހެން ނަމަވެސް އެ ކުއްޖާ ފަހުން ވަނީ މަރުވެފައެވެ.

އުމުރުން 32 އަހަރުގެ އެ ކުއްޖާގެ މަންމަ ހަސްމާ މަސްރޫހަކީ ޓީޗަރެކެވެ. އޭނާގެ އެންމެ ހަގު ދަރިފުޅު ކާރު ތެރޭގައި ބާއްވާފައި އޭނާއަށް އުޅެވުނުކަން އެނގުނީ މެންދުރު 1:00 ޖެހިއިރުއެވެ.

"ވަގުތުން ކާރު އޮތް ހިސާބަށް ގޮސް އެ ކުއްޖާ ނެގިއިރު، އޮތީ ވަރަށް ހާލު ދެރަކޮށް".

އެ ކުއްޖާ ހާލު ދެރަކަމުން ގެންދިޔައީ ޕޯކް ޑިކްސަން ހެލްތް ކްލިނިކަށެވެ. އެތަނަށް ގެންްދިޔަތާ މާގިނައިރުތަކެއް ނުވަނީސް އެ ކުއްޖާ ވަނީ މަރުވެފައެވެ.

ހަސްމާގެ ރައްޓެއްސަކާއި ހަވާލާދީ ބައެއް ރިޕޯޓްތައް ބުނާގޮތުގައި، ހަސްމާ އާއްމުކޮށް ބޮޑު ދަރި ސްކޫލަށްލުމަށްފަހު ކުޑަ ދަރިފުޅު ގެންދަނީ ކުދިން ބަލައްޓާ މީހާ ކައިރިއަށެވެ. އޭނާ ބުނީ، ހަސްމާ ހުރީ މަސައްކަތުގެ ކަންތައްތަކުގައި ވަރަށް ބޮޑަށް ސްޓްރެސްވެފައިކަމަށް ވެދާނެ ކަމަށެވެ.

އެ ކުއްޖާ ޕޯސްޓްމޯޓަމް ރިޕޯޓްތަކުން ދައްކާގޮތުގައި، އޭނާ މަރުވިކަމަށް ވަނީ ހާޓް ސްޓްރޯކެއް ޖެހިގެންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަހަރާމްކޯރޭ ދަ ބަނޑު ދޮންނައޭ ދަ ކަސްބިއަނޭ ދަ ކާޅު ބޮއްބޮއްޔާ ފެންނަ ހެދުން ލައޭ ދަ ބޮޑު ކުބުހާ ދަ ސޮމާލިޔަނޭ ދަ ލާދީނީއަނޭ ދަ އުނގު ވިއްކައޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

  2. ސާޖީ

    އަޅޭ.......

  3. މޮޔަ

    ވަރަށް މޮޔަ ދޯ އެމީހަކު!!!

  4. މަރެ

    މަޔަކު ދަރިޔަކު މަތިން ހަނދާން ނައްތާލެވޭނީ އޭދެން ވަރަށް ވިޔާނުދާވީމަ!!