ވޯލްޓް ޑިޒްނީގެ "އަލާއްދީން" ކާޓޫނުގެ ފިލްމުގެ ޓްރެއިލާ ނެރެފިއެވެ. މިއީ ކުޑަކުދިންގެ ތެރޭގައި ވަރަށް މަަގުބޫލު ކާޓޫނެކެވެ.

"އަލާއްދީން" ގެ ޓްރެއިލާއިން ޕްރިންސަސް ޖޭސްމިން އަދި ޖީނީ ފެނިގެން ދެއެވެ. މި ފިލްމުގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ލަވަ "އަ ހޯލް ނިއު ވޯލްޑް" އަށް އަންނަނީ ގިނަ ބެލުންތެރިންގެ ތަރުހީބު ލިބެމުން އެވެ. އަދި ބެލުންތެރިން ތިބީ މި ފިލްމު ބަލަން ކެތްމަދު ވެފައެވެ.

ޑިޒްނީގެ އެތައް ކާޓޫނެއް ލައިވް އެކްޝަން ފިލްމުތަކުގެ ގޮތުގަައި ގެނެސްދީފައިވާއިރު ސިނަމާގައި އެންމެ ހިނގާފައިވަނީ "ބިއުޓީ އެންޑް ދަ ބީސްޓް" އާއި "ދަ ޖަންގަލް ބުކް" އެވެ.

"އެލާއްދީން" ކާޓޫނަށްފަހު 27 އަހަރުފަހުން ޑިޒްނީއިން ލައިވް އެކްޝަން ފިލްމު ގެނެސްދޭން ތައްޔާރު ވަމުން އަންނައިރު، އެލާއްދީންގެ ރޯލުން ފެންނާނީ އަލަށް ފިލްމި ދާއިރާއަށް ތައާރަފްވާ މިސްރުގެ އެކްޓަރު މީނާ މަސްއޫދު އެވެ. އަދި ޕްރިންސަސް ޖޭޒްމިން ގެ ރޯލުނެ ފެނިގެންދާނީ ނައޯމީ ސްކޮޓް އެވެ.
ޖީނީގެ ރޯލުން ފެނިގެންދާނީ އެކްޓަރު އަދި ރެޕާ ވިލް ސްމިތު އެވެ. އަދި ނުބައިބައި ޖަފަރގެ ރޯލުން ފެނިގެންދާނީ ތޫނިސްގެ އެކްޓަރު މަރްވާން ކެންޒަރީ އެވެ. އެކްޓަރުން ހޮވާފައިވަނީވެސް ކާޓޫނުގެ އަސްލު ނުގެއްލޭ ގޮތަށް ކަމަށް ޑިޒްނީ އިން މީގެ ކުރިން ވަނީ ބުނެފަ އެވެ.

މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ މޭ މަހުގެ 24 ގަ އެވެ.