އާންމުކޮށް ނަސީބު ގަަދަ މީހުން ކަމަށް މީހުން ބުނެ އުޅެނީ، ތަފާތު އެކި ކަންކަމުގައެވެ. އެކިއެކި މީހުން ނަސީބު މިނެކިރަނީ އެކިއެކި ގޮތްގޮތުންނެވެ. ދިރިއުޅުމުގައި ނަސީބު މިނެކިރުން އޮންނަނީ އެފަދަ ގޮތްގޮތުންނެވެ. މިވެސް އެފަދަ ތަފާތު ކަމެއްގެ ވާހަކައެކެވެ.

އެއް ފިހާރައަކުން މިލިއަން ޑޮލަރުގެ ނަސީބު، އެކަކަށް ލައްވާލީ ދެ ބުރަށެވެ. ކޮންމެ އަހަރަކުވެސް ނޯތު ކެރޮލައިނާގެ ފިހާރައަކުން ކޮންމެ އަހަރަކުވެސް 150 މިލިއަން ޑޮލަރުގެ ހާއްސަ ޕްރޮމޯޝަނެއް ބާއްވަމުންދާ އިރު، އޭގެ އެންމެ އަގުހުރި އިނާމަކީ މިލިއަން ޑޮލަރެވެ. ޓެރީ ސްޕެލޯން ކިޔާ މީހަކަށް ވަނީ ޖެހިޖެހިގެން ދެވަނަ އަހަރަށް އެ ފިހާރައިން މިލިއަން ޑޮލަރު ލައްވާލާފައެވެ.

އެ ޕްރޮމޯޝަނަކޯ ކޫޕަން ކޮޅު ކަހާލައިގެން ނަސީބު އަގުވަޒަންކުރާ ޕްރޮމޯޝަނެކެވެ. ސޭމްސް މިނީ ޝޮޕް ކިޔާ ފިހާރައިން ލިބުނު ނަސީބާއެކު ޓެރީ ބުނެފައި ވަނީ އޭނާއަށް ޖެހިޖެހިގެން ދެ އަހަރު، ނަސީބު ލިބުމަކީ ގަބޫލުވެސް ކުރަން ދަތި ކަމެއް ކަމަށާއި، އެ ޗެކު ހަރަދުކުރަން އޭނާ ފަހަށް ބާއްވާނީ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދުވާފަރު މީހާ

    އެންމެ ނަސީބު ގަދަ ވާނީ ދުނިޔެ މަތީ ހުރެ ސުވަރުގެ ދެވޭނެ ކަމުގެ އުފާވެރި ހަބަރު ލިބޭ މީހާ ...

    28
    1