ތަލަވުމަކީ އެންމެ ބޮޑަށް މާޔޫސްވާ އެއް ކަންތަކެވެ. ހާއްސަކޮށް ލޯބީގެ ގޮތުން ނާކާމިޔާބުވެދާނެ ކަމުގެ ބިރަށް ތަލަވުން ވަނީ ފިރިހެން ކުދިންނަށް ބޮޑު މާޔޫސް ކަމަށެވެ. ޒުވާން އުމުރުގައިވެސް ތަލަވުން ފެށޭ އިރު، އެތައް އެތައް ގޮތަކުން އިސްތަށި އިންދައިގެންވެސް އެކަން ކުރަން މަސައްކަތް ކުރެއެވެ. އިސްތަށި އިންދަންވެސް މިހާރު ފަހަކަށް ނުޖެއެވެ.

އެހެން ނަމަވެސް، ތި ކަމަކާ މިހާރު ހާސްވާކަށް ނުޖެހެއެވެ. ފަހު ދިރާސާތައް ދައްކާ ގޮތުން ތަލަވުމަކީ އަންހެނުންނަށް މާ ގަޔާވާ ސިފައެކެވެ. ހާއްސަކޮށް ތަލަވެފައި ރަނގަޅު ތުނބުޅިއެއް ހުރުން މިއީ އަންހެން ކުދިންނަށް މިހާރު އެންމެ ސިފައެވެ. ސައިކޮލޮޖީ ޓުޑޭއިން ކޮށްފައިވާ ދިރާސާއެއް ދައްކާ ގޮތުން، އަންހެން މީހާއަށް ތަލަ މީހުން ކަމުދާ އެންމެ ބޮޑު ސަބަބަކީ މީހާގެ ސިފަ ސާފުވުމުގެ އިތުރުން، އެކަމުގެ ސަބަބުން ދައްކުވައިދޭ، ކޮންފިޑެންސެވެ.

ތަލަވުމަކީ މީހާގެ ޝަހސިއްޔަތު ބޮޑަށް ދައްކުވައިދޭ ކަމެއްގެ އިތުރުން، މީހާގެ މަސައްކަތްތެރިކަމާއި ހީވާގިކަންވެސް ދައްކުވައިދޭ ކަމެއް ކަމަށް އެ ދިރާސާއިން ދައްކައެވެ. އޭގެ އިތުރުން ތަލަމީހުންނާއެކު ކައިވެނިކޮށްގެން އުޅުމަކީވެސް މާ އުފާވެރިވާނެ ކަމެއް ކަމަށް ދިރާސާއިން ދައްކައެވެ.