އިންޑިއާގެ ވިޔަފާރިވެރިއެއް ކަމަށްވާ އުމުރުން 43 އަހަރުގެ ކުމާރު ޗައުދަރީ ބޮލުގައި އިސްތަށި ފަޅުވަންވެގެން އޮޕަރޭޝަނެއް ކުރިމަތާ މާގިނައިރުތަކެއް ނުވެ މަރުވެއްޖެއެވެ.
މުމްބާއީގެ ޕްރައިވެޓް ކްލިނިކަކުން ޗައުދަރީގެ ބޮލުގައި އިސްތަށި ފެޅުވުމަށްޓަކައި ފެށީ 12 ދުވަހުގެ ޕްރޮސީޖާއެކެވެ. ނަމަވެސް ފުރަތަމަ ދުވަހުގެ "ފަރުވާއަށް ފަހު" އޭނާ ވަނީ ގިނަ އިރުތަކެއް ނުވެ މަރުވެފައެވެ.
ޗައިދަރީގެ ރަހުމަތްތެރިން މީޑިއާ އަށް މައުލޫމާތު ދީފައިވާ ގޮތުގައި ޗައުދަރީގެ އޮޕަރޭޝަނަށް ފަހު ފުރަތަމަ އޭނާގެ ކަރުގައި ރިއްސަން ފެށިއެވެ. އެ ރިއްސުން ކުޑަކުރަން އޭނާ ޕެއިން ކިލާއަކާއި އެންޓިބައިޓިކެއް ބޭނުން ކުރިއެވެ. ނަމަވެސް ތަދު ފަސޭހަ ނުވުމުން ހޮސްޕިޓަލަށް ދިޔައެވެ.
ހޮސްޕިޓަލަށް ދިޔަ ފަހުން އޭނާ އަށް ނޭވާލާން އުނދަގޫވެ، އެންމެފަހުން މަރުވީ ކަމަށް ރަހުމަތްތެރިން ބުނެއެވެ.
މިމައްސަލަ ފުލުހުން މިހާރު ގެންދަނީ ތަޙްޤީޤު ކުރަމުންނެވެ. ފުލުހުން ބުނީ މިމައްސަލައިގައި ޗައުދަރީއަށް ފަރުވާ ދިން ޑޮކްޓަރުގެ ބަޔާން މިހާރު ނަގާފައިވާ ކަމަށެވެ. ޑޮކްޓަރު ބުނާ ގޮތުގައި ޗައުދަރީއަށް ދިމާވީ އެލާޖިކް ވުމުގެ މައްސަލައެކެވެ. އެއީ އެފަދަ އޮޕަރޭޝަން ކުރާ ބައެއް މީހުންނަށް ދިމާވާ މައްސަލައެއް ކަމަށް ވެސް ޑިޮކްޓަރު ބުނެއެވެ. ނަމަވެސް މީގެ ކުރިން މިފަދަ އެލާޖިކެއް ވެގެން މީހަކު މަރުވެފައެއް ނުވެއެވެ.
މިމައްސަލައިގައި އަދި ޑޮކްޓަރު ހައްޔަރު ކޮށްފައެއް ނުވެއެވެ.
އިންޑިއާގައި ބޯތަލަވުމަކީ ފިރިހެނުން ވަރަށް ލަދު ގަންނަ ކަމެކެވެ. އިންޑިއާގެ ގިނަ މީހުންނަކީ ބޯ ތަލަވުމުން އިސްތަށިގަނޑު ޖަހައިގެން އުޅޭ މީހުންނެވެ. ފޯރުންތެރިކަން ހުންނަ ބައެއް މީހުން ފަހަކަށް އައިސް ބޮލުގައި އިސްތަށި ފަޅުވަން ތަފާތު އޮޕަރޭޝަންތައް ވެސް ކުރުން ވަނީ އިތުރުވެފައެވެ.
އަހަރުން މާލަދުގަނޭ ތިވެރިންގެ މަތިމަސް ފެނިފަ!
މިކަހަލަ ކަންކަން ކުރުވިޔަ ނުދީ...
ބަލަ މޫސާސާޢިދު އެވިއްކި ތެޔޮލީނަމަ އެއްފަހަރުން ނިމުނީ. ރާއްޖޭގައި އެ ތެޔޮ ބޮލުތަލައިގައި އުނގުޅި މީހުން ނަށް އެއުޅެނީ އިސްތަށި ފެޅިފެޅީނުން އޮބިނޯވެގެން.?