އިނގެރޭސި ވިލާތުގެ ސްޓޭޓެގައި މީހެއްގެ އަތުން ޕޮޕްކޯންތަކެއް ޖަހައިގަތް ދޫންޏެއް މަރާލި މީހެއްގެ މައްޗަށް ގޭބަންދަށް އެޤައުމުގެ ކޯޓުން ޙުކުމްކޮށްފިއެވެ.

މިކަން ހިނގާފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައެވެ. އަދި މިކަން ހިނގިއިރު، އޭނާ އިނީ ޕާކެއްގައެވެ. އަދި ކުއްލިއަކަށް އައި ދޫންޏެއް އޭނާގެ އަތުގައި އޮތް ޕޮޕްކޯން ކޮތަޅު ޖަހައިގަނެގެން އުދުހިގަތެވެ. އެއާއެކު، އެމީހާވަނީ ޕޮޕްކޯން ކޮތަޅު ޖަހައިގަތް ދޫނި ފަހަތުން ދުވެފައެވެ. އަދި ފަހާ ގޮސް ދޫނި ހިފާ، ޕޮޕްކޯން ކޮތަޅު އަތުލުމަށްފަހު ދޫނި ފާރަށް ޖަހާވަނީ މަރާލާފައެވެ.

މިމީހާގެ މައްޗަށް ކޯޓުން ޙުކުމްކޮށްފައިވަނީ ދިރޭ ތަކެތޮ ހިމާޔަތް ކުރުމުގެ ޤާނޫންގެ ދަށުން ނެވެ. މިކަން ކުރި ކަމަށް 45 އަހަރުގެ މިމީހާ އިންކާރު ކުރާއިރު، މިކަމާ ދެކޮޅަށް ދެ މީހަކު ވަނީ ހެކިބަސް ދީފައެވެ.

ކޯޓުން ކުރި ޙުކުމްގައި ބުނެފައިވަނީ ދެ ހަފްތާ ދުވަހަށް ގެއިން ބޭރަށް ނުނިކުމުވޭ ގޮތަށް ގޭބަންދު ކުރާ ކަމަށާއިނ އަދި 853 ޔޫރޯއިން އެމީހާ ޖޫރި މަނާ ކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިނގިރޭސި މީހާ

    އިނގިރޭސީންކުރާ ހުކުމަކީ ކަމުދާ އެއްޗެކަށް ނުވޭ. މިހާރު ތިބުނީ ދޫންޏެއް މަރާލައިގެން މީހަކު ބަނދުކޮށް އަދަބު ދޭވަކަ އެވެ. އެމެރިލާމީހުންނާއި ގުޅިގެން ފަލަސްތީނުގެ ކުށެއްނެތް އެތަށް އިންސާނުން މެރިމީހުންނަށް އަދި މަރަމުން ދާމީހުންނަށް ތިޔަ އިނގިރޭސީން ދެނީ ޝަރަފާއި އިނަމެވެ. ކޮތްކުޑަ ބަޔެއް.

    8
    1
  2. ހިޕޮކްރިޓް މެން

    ތި އަދަބު ކުޑަ. ޖަލައްލާންޖެހޭނީ