އަމިއްލަ ދަރިފުޅާއެކީ ބަދު އަޚްލާޤީ އަމަލު ހިންގާ، އެކަން ކުރާތަން ވީޑިއޯކޮށް، އެ ވީޑިއޯތައް ވިއްކަމުން އަންނަ ޔޫކްރޭންގެ އަންހެނަކު ހައްޔަރުކޮށްފިއެވެ.

ޔޫކްރޭންގެ ފުލުހުން މީޑިޔާތަކަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ މި އަންހެން މީހާ މިފަދަ ފިލްމްތައް ހަދަނީ، ޑާކް ވެބްގައި ވިއްކަން ކަމަށެވެ. އަދި އެ އަންހެން މީހާގެ ގެ ބަލައި ފާސްކުރިއިރު، ގިނަ އަދަދެއްގެ މިފަދަ ވީޑިއޯ ފެނިފައިވާ ކަމަށްވެސް އެފަރާތުން ހާމަ ކުރެއެވެ. މިފަދަ ވީޑިއޯތައް ބްލެކް މާކެޓްގައި މި އަންހެން މީހާ ވިއްކަމުން އަންނަނީ 63 ޔޫރޯއަށް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ، މިއަންހެން މީހާ ބުނި ގޮތުގައި މިކަން އޭނާ ކުރަން ފެށީ، މެއިލްގެ ޒަރިއްޔާއިން އޮފަރ އެއް ލިބުމުން ކަމަށެވެ. މި އަންހެން މީހާގެ ނަން ފުލުހުން ހާމަކޮށްފައިއެއް ނުވެއެވެ. ނަމަވެސް އޭނާގެ އުމުރުން 26 އަހަރުކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.
މިމައްސަލައިގެ އިތުރު ތަޙްޤީޤަށް މިއަންހެން މީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.