ރަޙްމަތްތެރިންނާއިއެކު ކޮފީ އަކަށް އަރައި ދެކެނު ވާހަކައެކެވެ. ރެސްޓޯރެންޓްގައި މަސައްކަތް ކުރާ ވެއިޓަރ މީހާ ކޮފީތަށި ގެނެސް މޭޒު މަތީގައި ބެހެއްޓުމާއިއެކު، ހުރިހާ ރަޙްމަތްތެރިން ކަހަލަ ގޮތަކަށް ކޮފީތަށި އެކި ފަރާތް ފަރާތަށް އަނބުރާ ފޮޓޯ ނަގަން ފެށިއެވެ. އެތައް މިނެއްޓެއް ވަންދެން ފޮޓޯ ނެގުމަށްފަހު، ކޮފީ ތަށި ބޯން ފެށިއެވެ.

ކޮފީ ބޮމުން އޮލަ ވާހަކައިގައި އިންދާ، ރަށުގެ ހަރު ފުރައިގެ ބޭބެއެއް ކައިރީ އިން މޭޒުގައި އިށީންނިއެވެ. އަދި ބޭބެގެ އޯޑަރ ދީ، ކާތަކެތި ގެނައުމުން، ވަރަށް ބާރަށް ބިސްމިން ކިޔާ ކާން ފެށިއެވެ.

“އަސްތާ! މަ ހަނދާނެއް ނެތް ބިސްމި ކިޔަންވެސް” އެވަގުތު އެތަނުން އެއް ރަޙްމަތެރިއެއް ބުންޏެވެ.

ކޮންމެޔަކަސް، މިއީ ވަރަށް ވާހަކައެވެ. ކާތަކެތި ގެނެސް ކާ މޭޒުމަތީގައި ބެހެއްޓުމާއިއެކު، ތިމާގެ ރަޙްމަތެރިންނަށް އެކާތަކެތީގެ ފޮޓޯ ދައްކަން ހަނދާން ހުންނައިރު، އެ ކާތަކެތި ތިމާއަށް މިންވަރު ކުރެއްވި ކަނލާންގެއަށް ޝުކުރު ކޮށްލަން ތިބާ ހަނދާން ނެތެނީ ހެއްޔެވެ؟

عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ إِذَا أَكَلَ أَحَدُكُمْ فَلْيَذْكُرْ اسْمَ اللَّهِ تَعَالَى فَإِنْ نَسِيَ أَنْ يَذْكُرَ اسْمَ اللَّهِ تَعَالَى فِي أَوَّلِهِ فَلْيَقُلْ بِسْمِ اللَّهِ أَوَّلَهُ وَآخِرَهُ “ رواه الترمذي ( 1858 ) وأبو داود ( 3767 ) وابن ماجه ( 3264 ) ، وصححه الألباني في “ صحيح سنن أبي داود “ ( 3202 )

ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުންގެ ތެރެއިން މީހަކު ކަނީ ކަމުގައި ވަނީ ނަމަ ﷲ ގެ އިސްމުފުޅުން (އެބަހީ ބިސްމި ﷲ) ކިޔާށެވެ. ކެއުމުގެ ކުރީގައި ﷲ ގެ އިސްމުފުޅު ކިއުމަށް ހަނދާން ނެތިއްޖެ ނަމަ (އެބަހީ ކާން ފަށާފަހުން ހަނދާންވެއްޖެ ނަމަ) بِسْمِ اللهِ أوَّلَهُ وَآخِرَهُ މިފަދައިން ކިޔާށެވެ."

عُمَرُ بْنُ أَبِي سَلَمَةَ قَالَ : كُنْت غُلَامًا فِي حِجْرِ رَسُولِ اللَّهِ صلى الله عليه وسلم وَكَانَتْ يَدِي تَطِيشُ فِي الصَّحْفَةِ ، فَقَالَ لِي رَسُولُ اللَّهِ صلى الله عليه وسلم : “ يَا غُلَامُ : سَمِّ اللَّهَ ، وَكُلْ بِيَمِينِك ، وَكُلْ مِمَّا يَلِيك “ رواه البخاري ( 3576 ) ومسلم ( 2022 )

ޢުމަރު ބިން އަބީ ސަލަމާ ވިދާޅުވިއެވެ. ތިމަން ކުޑަކުއްޖެއްކަމުގައި ވީ އިރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކޮޓަރިކޮޅުގައި ވީމެވެ. ކާތަކެތި ހުންނަ ދޮލަނގުގެ އެތަން މިތާގައި ތިމަންގެ އަތްފޯރުވައި އުޅުނީމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތިމަންނާއަށް ޙަދީޘްކުރެއްވިއެވެ. "އޭ ފިރިހެން ކުއްޖާއެވެ! ﷲ ގެ އިސްމުފުޅު ކިޔާށެވެ. އަދި ތިބާގެ ކަނާއަތުން ކާށެވެ. އަދި ތިބާގެ ކައިރިން ކާށެވެ."

ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްގެ ޞަޙާބީބޭކަލެއް ކަމުގައިވާ އަބޫޙުޒައިފާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. އަހަރެމެން އެއްދުވަހަކު ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމްގެ އަރިހުގައި ތިއްބާ ކުޑަކުޑަ އަންހެންކުއްޖަކު އެތަނަށް އަތުވެއްޖެއެވެ. އޭރު ކޮންމެވެސް މީހަކު އެކުއްޖާގެ ފަހަތުން އާދެއެވެ. ދެން އެކުއްޖާ ބިސްމި ނުކިޔާ ކާންއުޅެން ފެށީމާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް އެކުއްޖާގެ އަތުގައި ހިފެހެއްޓެވިއެވެ. އިރުކޮޅަކުން ރަށްފުށުހިސާބުން އައި މީހަކު އައެވެ. އޭނާގެ ފަހަތުން ވެސް ކޮންމެވެސް މީހަކު އާދެއެވެ. މީނާވެސް ބިސްމި ނުކިޔާ ކާން އުޅެން ފެށީމާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް މީނާގެ އަތުގައި ވެސް ހިފަހައްޓަވައިފިއެވެ.

އަދި ޙަދީޘްކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ. ބިސްމި ނުކިޔާ ކާ އެއްޗެހީން ޝައިޠާނާއަށް ކެއުމުގެ ހުއްދަ ލިބޭކަން ގައިމެވެ. އެ ޝައިޠާނާ މިއަންހެންކުއްޖާއާއި އެކު އައީ އެ ކުއްޖާ ގެ ކާ ތަކެތީން ކެއުން ހުއްދަކޮށްގަތުމަށެވެ. އެހެންވެ ތިމަންކަލޭގެފާނު އެކުއްޖާގެ އަތުގައި ހިފެހެއްޓެވީއެވެ. އަދި މި ރަށްފުށު ހިސާބުން އައި މީހާއާ އެކުވެސް ޝައިޠާނާ އެއައީ އެމީހާގެ ކާ ތަކެތީން ކެއުން ހުއްދަކޮށް ގަތުމަށެވެ. އެހެންވެ އޭނާގެ އަތުގައިވެސް ތިމަންކަލޭގެފާނު ހިފެހެއްޓެވީއެވެ. ތިމަންކަލޭގެފާނުގެ ނަފުސު އެއިލާހުގެ އަތްޕުޅުގައިވާ އިލާހު ގަންދީ ޙަދީޘްކުރައްވަމެވެ. އެކުއްޖާގެ އަތާއެކު ޝައިޠާނާގެ އަތްވެސް މިއޮތީ ތިމަންކަލޭގެފާނު ގެ އަތްޕުޅުގައެވެ. -އަބޫދާވުދު އަދި އަންނަސާއީ-*

އެހެންކަމުން ކެއުމުގެ ކުރިން ސްނެޕް ކުރަން ހަނދާން ކުރާ ފަދައިން ކެއުމުގެ ކުރިން ބިސްމި ކިޔަން ވެސް ހަނދާން ކުރަން ހިނގާށޭވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވިސްނަވާ

    މިކަންތައްތައް ރަނގަޅުކޮށް މިކަމާ ބެހޭ ދިނީ ފަތުވާ ދޭން ދީން ކިޔަވައިގެން އައިސް ތިބޭ މީހުން ކޮބާ؟ ދީން ކިޔަވައިގެން ދީން ބޭނުންކުރަނީ ސިޔާސީ ކުޅިގަނޑެއް ގޮތުގައި. ދީނޭ ކިޔައިގެން ސިޔާސީ ވާހަކަ ދައްކާއިރު ހެއްދެވި ފަރާތް މަތިން ހަދުމަފުޅެއް ނެތީތޯ. ދީން ކިޔެވީމާ ތިމީހުން ކުރާ އެއްވެސް ކަމެއް ގޯސް ނުވަނީހެއްޔެވެ. ހެޔޮ ވިސްނޭ ބޭފުޅުން މިކަންތައްތައް ރަނގަޅު ކުރަން ނިކުންނަން ވީތޯ. މި ދިމޮކްރެސީ އައި ފަހުން މި ކުޑަކުޑަ ރާއްޖެ ހަލާކު ވަނީ. ޑިމޮކްރެސީ އައުމުގެ ކުރިންނާއި ފަހުން ރާއްޖެ އޮތް ގޮތް ހަދުމަފުޅު ކޮށްލައްވާ.

    3
    1
  2. We

    އަރީޙް ތިކުރާ ހިތްވަރަށް ހަމަ ސާބަސް ދެން?❤️?

    1
    1
  3. މީ

    މާޝާﷲ

  4. ވާނުވާޑް

    ދެން ހުރިހާ ކުދީންވެސް ބިސްމު ކިޔާތި ސުނެޕްކުރުމުގެ ފަހުން