ދަރިންނަކީ ދުނިޔެ މަތީގައި ލިބޭނެ ނިޢުމަތެކެވެ. މައިންބަފައިންނަށް ވުމަކީ ދުނިޔެ މަތީގައި ލިބޭނޭ އެންމެ ބޮޑު އެއް ނަސީބެވެ. އެހެންނަމަވެސް، އެންމެންނަކީ މިކަން ދަންނާނެ ބައެއް ނޫނެވެ.

އިންޑިޔާގެ މޮރާދާބާދު-އާގްރާ ހައިވޭ ސަރަޙައްދުން، މިދިޔަ ހުކުރު ދުވަހުވަނީ އެއްލާލާފައި އޮތް، ހަ މަހުގެ ތުއްތު ކުއްޖަކު ފެނިފައެވެ. އެކުއްޖާ ފެނުމާއެކު، އެކުއްޖާގެ ފޮޓޯތަކުން، އެޤައުމުގެ މީހުންގެ މީސްމީޑިޔާ ފުރާލިއެވެ.

ފޮޓޯތައް އާއްމުވެ، މި ޚަބަރު އާއްމުވުމާ ގުޅިގެން، އެކުއްޖާގެ ބަލަދުވެރިންނަށްވުމަށް އެދި، ނުވަތަ އެކުއްޖާ އެޑޮޕްޓް ކުރުމަށް ބޭނުންވެގެން އެކަން، އެސަރަޙައްދުގެ ފުލުހުންނަށާއި ކުޑަކުދިންނާ ބެހޭ އިދާރާތަކަށްވަނީ އެތައް ބަޔަކު ހުށަހަޅާފައެވެ. ހަމައެހެންމެ، ހޮނިހިރު ދުވަހުގެ ހެނދުނު، މޮރާދާބާދުގެ ކުޑަކުދިންނާ ބެހޭ އިދާރާގެ ބޭރުގައި، އެކުއްޖާ ހޯދުމަށް އެދި އެތައް ބަޔަކު ކިއު ހެދިކަމަށްވެސްވެއެވެ.

"އިންޑިޔާ ޓައިމްސް" އިން މިކަން އާއްމުކޮށްފައިވާއިރު، އެނޫހުން ބުނެފައިވަނީ، އަދި އެކުއްޖާގެ ބަލަދުވެރިކަން ވަކި ބަޔަކަށް ދިނުމަށް ކަމާބެހޭ ފަރާތްތަކުން ނިންމާފައި ނުވާކަމަށެވެ. އަދި، އެކުއްޖާގެ އަސްލު މައިންބަފައިން ހޯދުމުގެ މަސައްކަތް ކުރުމަށާއި އެމަސައްކަތް ކުރެވެންދެން، ހަ މަހުގެ ކުއްޖާ، ޔަތީމްޚާނާއެއްގައި ގެންގުޅުމަށް ނިންމާފައިވާކަމަށްވެސް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު