ޅަފަތުގައި ކުދިންނަށް ޖެހެމުންދާ ވައިރަސް އަކުން، އެކުދިން ސަލާމަތްކުރުމަށް މާބަނޑު އަންހެނުންނަށް ހާއްސަ ވެކްސިނެއް އުފައްދައިފިއެވެ.

ދިރާސާތަކުން ދައްކާގޮތުގައި ކޮންމެ ހަ ކުއްޖަކުން އެއް ކުއްޖަކު ޅަފަތުގައި މަރުވާން ދިމާވާ އެއް ސަބަބަކީ ވެސް އާރު.އެސް.ވީ ނަމަކަށް ކިޔާ މި އިންފެކްޝަނެވެ.

އާންމުގޮތެއްގައި އުމުރުން ދެ އަހަރުން ދަށުގެ ކުދިންނަށް ޖެހޭ މި އިންފެކްޝަނުގެ ސަބަބުން ފުރަމޭ ހަލާކުވުމަށް މަގުފަހިކުރުވާ ކަމަށްވެއެވެ. އަދި ބައެއް ކުދިންގެ 'ބްރޮންކޮލީ' އަށް ވެސް މިކަމުގެ ނޭދެވޭ އަސަރު ކުރާ ކަމަށާއި ގާތްގަނޑަކަށް 30 ކުދިން ކޮންމެ އަހަރު މި އިންފެކްޝަންގެ ސަބަބުން ދުނިޔެ ދޫކުރާކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ގައިން ގަޔަށް އަރާ މި އިންފެކްޝަނުގެ އަސަރު ހުރިހާ އުމުރެއްގެ މީހުންނަށްވެސް ކުރެއެވެ. އެހެންނަމަވެސް، ކުޑަކުދިންނާއި އުމުރުން ދުވަސްވެ، ގައިބާރު ދެރަވެފައިވާ މީހުންނަށް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.

"މި ވެކްސިން ޑިސައިން ކުރެވިފައިވަނީ އިމިއުން ސިސްޓެމްގެ ޕްރޮޓީންސްތައް މައިމީހާގެ ރަހިމުގެ ތެރެއަށް ދާ ގޮތަށް. ދަރިފުޅު އުފަން ވުމުގެ ކުރިން މި ވެކްސިން ބޭނުންކޮށް، މި އިންފެކްޝަނުން ސަލާމަތް ކުރެއްވިއްޖެނަމަ އެތައް ކުޑަކުދިންތަކެއްގެ ފުރާނަ ސަލާމަތް އެ ކުރެވުނީ." ޑރ ކްރިސީ ޖޯންސް ބުނެފައިވެއެވެ.

އާރު.އެސް.ވީ ނަމަކަށް ކިޔާ މި ވެކްސިނުގެ ފަރުވާ މިހާރުވެސް އެތަކެއް ކުޑަކުދިންތަކެއް ދަނީ ހޯދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު