ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޑްރާމާ ޔޭ ރިޝްތާ ކިޔާ ކެހްލާތާހޭގައި މަސައްކަތްކޮށް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކުރިން ނަކްޝްގެ ރޯލުން ފެނިގެންދިޔަ ރޯހަން މެހްރާ އާއި "މަރިޔަމް ހާން-ރިޕޯޓިން ލައިވް" ގައި މަރިޔަމްގެ ރޯލުން ފެނިގެންދިޔަ މަހިމާ މަކްވާނާ އެކުގައި ފެނިގެންދާ ވީޑިއޯ ލަވައެއް ނެރެފިއެވެ.

ޔާސެރް ދަސާއީ އާއި އަސީސް ކޯރް ކިޔާފައިވާ މިލަވައަކީ ލޯބީގެ ލަވައެކެވެ. އެލަވަ އަށް ކިޔަނީ "ދަޅްކަނޭ މޭރީ" އެވެ.

މީގެ ކުރިން ވެސް ރޯހަން ވަނީ ވީޑިއޯ ލަވައަކުން ފެނިފައެވެ. އެލަވައަށް ބޮޑު ކާމިޔާބެއް ލިބުނުއިރު މިއީ މަހިމާ ލަވައަކުން ފެނުނު ފުރަތަމަ ފަހަރެވެ. އުމުރުން 19 އަހަރުގެ މަހިމާ ވަނީ މީގެ ކުރިން ބާލިކާ ވަދޫ، ރިޝްތޯ ކާ ޗަކްރަވިއު ފަދަ ބެލުނަތެރިންގެ މަގުބޫލުކަން ހޯދައިފައިވާ ޝޯތަކުން ފެނިގެން ގޮސްފައެވެ.

މީގެ އިތުރުން ރޯހާން ވަނީ "ސަސުރާލް ސިމަރް ކާ" ގައި ވެސް މަސައްކަތް ކޮށްފައެވެ. އެސީރީޒުގައި އޭނާ ފެނިގެންދަނީ ސަމީރު ކަޕޫރުގެ ރޯލުންނެވެ. ރޯހަން ވަނީ ބިގް ބޮސް 10 އިން ވެސް ފެނިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު