ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އޮމަންގު ކުމާރު ގެ ކުރިއަށް އޮތް ފިލްމު "ޕީއެމް ނަރެންދުރަ މޯދީ" ނެރޭ ދުވަސް އިއުލާނުކޮށްފިއެވެ.

މި ފިލްމަކީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ހަޔާތުގެ މައްޗައް ހަދާ އެފިލްމުކެވެ. މި ފިލްމުގެ ގައި ލީޑު ރޯލުން ފެނިގެންދާނީ ވިވޭކް އޮބްރޯއީއެވެ. އެފިލްމު ނެރުމަށް ހަމަޖައްސާފައިވަނީ އަންނަ މަހު 12 ވަނަ ދުވަހުއެވެ.

މި ފިލްމުގައި ވިވޭކް ފެނިގެންދާނެ ކަން ޔަގީން ވެފައިވާއިރު މި ފިލްމުގެ ޕޯސްޓަރުން ވިވޭކް، މޯދީ އާ ވަރަށް ވައްތަރު ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންއެވެ.

ވިވޭކްގެ އިތުރިން ފިލްމުގައި ދެން ފެނިގެންދާނެ ކާސްޓުންގެ ނަން އަދި މީޑިއާއާއި ހިއްސާކޮށްފައެއް ނުވެއެވެ. މި ފިލްމަކީ ވަރަށް ތަފާތު ރީތި ފިލްމަކަށް ވާނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރުން ވަނީ ބުނެފައެވެ.

އުމުރުން 42 އަހަރުގެ ވިވޭކް އެންމެ ފަހުން ބޮލީވުޑް ފިލްމަކުން ފެނިގެން ދިޔައީ "ބޭންކް ޗޯރް" އިންނެވެ. އެފިލްމުގައި އޭނާ ފެނިގެންދިޔައީ ސީބީއައި އޮފިސަރެއްގެ ގޮތުގައެވެ. އެފިލްމުގެ އިތުރުން އޭނާ ވަނީ ޕްރިންސް، ސާތިޔާ، މަސްތީ، ދަމް، ކްރިޝް 3، ކާލް، ރާއި، އަދި ޖަޔަންތާ ބާއީ ކި ލަވް ސްޓޯރީ އިން ވެސް ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު