މި މިހު 5 ވަނަ ދުވަހު ނެރުނު 40 ޕްލަސް އަށް އަދިވެސް ގިނަ ބައެއްގެ ތަރުހީބު ދަނީ ލިބެމުން އެވެ.

މި ފިލްމަކީ ޝައި ޕްރޮޑަކްޝަން އާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން ހަދާފައިވާ ފިލްމެވެ. މި ފިލްމު ޕްރެމިއާ ކޮށްދެއްވީ ކުރީގެ ރައީސް މައުމޫން އެވެ.

ވަގުތަށް މައުލޫމަތު ދެއްވަމުން މި ފިލްމުގެ ސަޕޯޓިން ރޯލަކުން ފެނިގެން ދިޔަ ފައިސަލް ބުނެފައިވަނީ މި ފިލްމަށް އަދިވެސް ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނަ ކަމަށާއި މި ފިލްމު ވެގެން ދާނީ މިއަހަރު ނެރުނު އެންމެ ކާމިޔާބު އަދި ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދައިފައިވާ ފިލްމެއް ކަމަށެވެ.

މީގެ އިތުރަށް ފައިސަލް ވަނީ މި މަސް ތެރޭގައި ލާމު އަތޮޅާއި އައްޑޫ ސިޓީގައި ވެސް 40 ޕްލަސް އަޅުވާނެ ކަމަށް ބުނެފައެވެ. އަދި ވެސް މި ފިލްމުގެ ޝޯތައް ދަނީ ފުލް ކޮށް ކަމަށް ވެސް ފައިސަލް ބުނެފައި ވެއެވެ.

ބެލުންތެރިން ފިލްމާމެދު ދެކޭ ގޮތްވަނީ މީސް މީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި ހިއްސާކޮށްފައެވެ. އެގޮތުން ބައެއް ބެލުންތެރިންވަނީ ބުނެފައިވާގޮތުގައި " 40 ޕްލްސް އަކީ މިހާތަނަށް ބެލި އެންމެ ފުރިހަމަ ކޮމެޑީ ފިލްމު. މި ފިލްމަށް 1000 ދޭ ވަރުވޭ. މި ފިލްމުގައި އަހްމަދު ސައީދު، ސީޒަން އަލީ، މަނިކް ގެ އެކްޓިން ވަރަށް ފުރިހަމަ."

"ތީ ހަމަ މުޅި ދުނިޔެ ހެއްވާލެނެ ވަރުގެ މޮޅު މަޖާ ފިލްމެއް" މީގެ އިތިރުން ވެސް ގިނަ ބެލުނެތެރިން ވަނީ

މި ފިލްމުގައި ފެނިގެން ގޮސްފައިވަނީ ސީޒަން، މުހައްމަދު މަނިކު، ޔޫއްޕެ، އަލީ ޝާހިދު (ސްޓެޕް އައްޔަ)، އަހްމަދު އީސާ، މައިޝާ އަހްމަދު ސައީދު، ޝީލާ ނަޖީބު، މުހައްމަދު ފައިސަލް، މަރިޔަމް ޝަކީލާ، އަލީ އާޒިމް (ދޮން އައްޔަ) އަދި ފާތިމަތު އާޒިފާ (އަޒޫ) އެވެ. މީގެ އިތުރުން ދެވަންސޫރައިން ފިލްމީ ދާއިރާއަށް ތައާރަފުވި، ޝިފާ، އާނަންދު އަދި މަރިޔަމް ޝަކީލާ އާއި މުޅިން އަލަށް ތައާރަފުވާ ބަތަލާ އިރްފާނާ އިބްރާހީމްވެސް ހިމެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މެސީ

    އަސްލުވެސް ވަރަށް މަޖާ ފިލްމެއް. އެކަމު އަދި ނުބެލޭ. ?

    4
    1