"އެވެންޖާސް އެންޑްގޭމް" އަދި "ސްޕައިޑަމޭން ފާ ފްރޮމް ހޯމް" އަކީ ސްޓޭންލީ ފެންނާނެ އެންމެ ފަހު ފިލް ކަމަށް ވެދާނެއެވެ.

ސްޓޭންލީއަކީ "މާވެލް ސްޓޫޑިއޯސް" ގެ ނައިބް ރައީސް އަދި ޕަބްލިޝާއެވެ. އޭނާ އަކީ އެންމެންވެސް ޝައުގު ވެރިކަމާއެކު ބަލަމުން އަންނަ މާވެލް ފިލްތަކުން ފެންނަ ވަރަށް ގިނަ ކެރެކްޓާސްތަށް އުފެއްދި ކުރެހުން/ލިޔުން ތެރިއާއެވެ.

ސްޓޭންލީގެ މަރުގެ ހަބަރަކީ އެންމެންވެސް ވަރަށް ދެރަކޮށްލި ހަބަރެކެވެ. އޭނާ މަރުވެފައިވަނީ 12 ނޮވެމްބަރު 2018ގައެވެ. އޭރު އުމުރަކީ 96 އެވެ.

އެންމެ ފަހުން ނެރުނު "ކެޕްޓަން މާވެލް" އިންވެސް ލީގެ ކެމިއޯއެއް ފެނިގެން ދިޔައެވެ. އެެއީ ރޭލްގެ ސީން އެވެ. ކެޕްޓަން މާވެލް "ޝޭޕް ޝިފްޓިންގް އޭލިއަން ސްކްރަލްސް" އަތުލަންވެގެން އުޅުމުގެ ތެރޭގައެވެ. މީގެ އިތުރުން ފިލް ފެށިގެން ދިޔައިރު "މާވެލް" ލޯގޯ އިން އާންމު ގޮތެއްގައި ފެންނަ ސުޕަހީރޯއިންނައްތުރެ ލީގެ މޫނު ގިނައިން ފެނިގެން ދިޔައެވެ. މި ފިލްމްގެ ކުރިން "ސްޕައިޑަމޭން އިންޓުދި ސްޕައިޑާ ވާސް" އިން އެކި ފަހަރު މަތިން ލީގެ އަޑު އިވިގެން ދިޔައެވެ.

"އެންޓަޓެެއިންމެންޓް ޓުނައިޓް" އިން ކުރި ކުރި ސުވާލް ތަކަށް ޖަވާބު ދެމުން "ފެއިޖް" ވަނީ ސްޓޭންލީ އެންޑްގޭމް އިން ފެނިގެން ގޮސްދާނެ ކަމަށް އެއްބަސްވެފައެވެ. ސްޕައިޑަމޭން އިން ފެނިގެން ގޮސްދާނެ ކަމަށް އެހުމުން އޭނާ ބުނެފައިވަނީ ސްޓޭންލީ މަރުވުމުގެ ކުރިން ދެތިން އިތުރު ސީންތަކުގެ ޝޫޓިން ނިންމާފައިވާ ކަމަށެވެ. އަދި ސްޓޭންލީގެ ކެމިއޯ ތަކުގެ ނިމުމަކަށް އަންނަނީކަމަށާއި ސްޕައިޑަމޭން އިން ފެނުން އެކަށީގެންވާ ކަމަށެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އެވެންޖާސް އެންޑް ގޭމް ސިނަމާތަކަށް އަންނަނީ މިއަހަރު އޭޕްރިލް 26 ގައެވެ. އަދި ސްޕައިޑަމޭން ޖުލައި 5 ގައެވެ.