"ދަބަންގް" ފްރެންޗައިޒްގެ ތިން ވަނަ ބައި މި އަހަރު ގެނެސްދޭން ނިންމާފިއެވެ. މިއީ ސަލްމާން ފުލުހެއްގެ ރޯލުން ފެނިގެންދާ ފިލްމެކެވެ.

ދުބާއީގައި "ދަބަންފް ރިލޯޑެޑް" ގެ ނަމުގައި ސަލްމާން ކުރިއަށް ގެންދާ ޓުއާގެ ތެރެއިން ސަލްމާން ބުނީ "ދަބަންގް 3" ގެ މި އަހަރުގެ ޑިސެމްބަރަށް ތާވަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް މި ފިލްމު ރިލީޒް ކުރާނެ ވަކި ތާރީހެއް ބުނެފައެއް ނުއެވެ.

"ދަބަންގް 3" ގެ ޝޫޓިން އަންނަ މަހުގެ 1 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ފަހަރު ފިލްމު ޑައިރެކްޓް ކުރަނީ އިންޑިއާގެ މަޝްހޫރު ނެރުންތެރިޔާ/ ޢަދިތެރކްޓަރ ޕްރަބޫދޭވާ އެވެ.

އަރްބާޒް ހާން ފްރޮޑިއުސްކޮށް، ސަޕޯޓިން ރޯލަކުން ފެނިގެންދިޔަ "ދަބަންގް" ގެ ފުރަތަމަ ބައި ރިލީޒް ކޮށްފައިވަނީ 2010 ގަ އެވެ. ހަމައެއާއެކު 2012 ވަނަ އަހަރު ނެރުނު "ދަބަންގް 2" ޑައިރެކްޓް ކޮށްފައިވަނީ ވެސް އަރްބާޒެވެ.

މި ފްރެންޗައިޒަކީ މަޝްހޫރު ބަތަލާ ސޮނާކްޝީ ސިންހާގެ ބޮލީވުޑް އަށް ނިކުތް ފިލްމެވެ. ތިން ވަނަ ބައިގެ ބަތަލާގެ ރޯލުން ވެސް އޭނާ ފެންނިގެންދާނެ އެވެ.

މިދިޔަ އަހަރު ރިލީޒް ކުުރި "ރޭސް 3" އަށް ފަހު، ސަލްމާން ދެން އެންމެ އަވަހަށް ސްކްރީނަށް އަންނާނީ ފިތުރު އީދުގައި ރިލީޒް ކުރާ "ބާރަތު" އިންނެވެ. "ރޭސް 3" އަށް މާބޮޑު ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް މި "ދަބަންގް 3" ވެގެންދާނީ ގިނަ ބައެއްގެ މަގުބޫލުކަން ލިބިގެންދާނެ އަދި ކާމިޔާބު ފިލްމަކަށް ހުރިހާ ބެލުންތެރިން ވެސް އުއްމީދު ކުރެއެވެ.