ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދައިފައިވާ "ގޭމް އޮފް ތުރޯންސް" ގެ ފޭނުން ތިބީ މި ސީރީޒް ނެރޭ ދުވަހުގެ އިންތިޒާރުގައެވެ. މި ސިިލްސިލާ ނެރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 14 ވަނަ ދުވަހުއެެވެ.

"ގޭމް އޮފް ތުރޯންސް" ގެ އަށް ވަނަ، ސީޒަން ނިންމައިލާނީ ޖުމްލް 6 އެޕިސޯޑުންއެވެ. އެގޮތުން މި ސީޒަންގެ އެޕިސޯޑްތަކުގެ ދިގުމިނާއި އެޕިސޯޑްތައް ތާވަލުކޮށްފައިވާ ތާރީހުތައް ވެސް މިހާރު މި ވަނީ ފޭނުންް އާއި ހިއްސާކޮށްފަ އެވެ.

ފަހު ސީޒަނުގެ ފުރަތަމަ އެޕިސޯޑްގެ ދިގުމިނަކީ 54 މިނިޓެވެ. އެޕްރީލް 21 ގައި ދައްކާ ދެވަނަ އެޕިސޯޑް ދެމިގެން ދާނީ 58 މިނިޓަށެވެ.

ފަހު ހަތަރު އެޕިސޯޑްވެގެން ދާނީ އެވްރެޖް ފީޗާ ފިލްމެއް ބަލައިލުން ކަހަލަ ކަމަކަށެވެ. އެގޮތުން ތިން ވަނަ އެޕިސޯޑް އެޕްރީލް 28 ގައި ގެނެސްދޭ އިރު، އޭގެ ދިނު މިނަކީ 1:22 މިނިޓެވެ. މެއި 5 ގައި ދައްކާ ހަތަރު ވަނަ އެޕިސޯޑަކީ 1:18 މިނިޓެވެ.

މެއި މަހުގެ 12 ވަނަ ދުވަހު ދައްކާ ފަސް ވަނަ އެޕިސޯޑާއި މެއި މަހުގެ 19 ވަނަ ދުވަހުގެ ހަ ވަނަ އެޕިސޯޑަކީ 1:20 މިނެޓްގެ ދިގުމިނުގެ އެޕިސޯޑުތަކެވެ.

2011 ވަނަ އަހަރު ދައްކަން ފެށި "ގޭމް އޮފް ތުރޯންސް" ގެ ފުރަތަމަ ހަތް ސީޒަނާ އެކު ޖުމްލަ 67 އެޕިސޯޑް ގެނެސް ދީފައިވެ އެވެ.

8 ވަނަ ސީޒަނުން މި ވާހަކަ ނިންމައިލި ނަމަވެސް "ގޭމް އޮފް ތުރޯންސް" ފެށުން 300 އަހަރު ކުރިއަށް ގެންގޮސް މީގެ ޕްރިކްއެލް ގެނެސް ދޭން އެޗްބީއޯ އިން ވަނީ ނިންމައިފަ އެވެ.