ބްރިޓީޝްގެ މަޝްހޫރު ރިއަލިޓީ ޝޯ "ލަވް އައިލެޑް" އިން ފެނިގެންދިޔަ ޒުވާން ތަރި މައިކަލް ތަލަސްސިޓްސް (މައިކް) މަރުވެއްޖެއެވެ.

އުމުރުން 26 އަހަރު މައިކް މަރުވެފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ނަމަވެސް އޭނާ މަރުވީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި އެނގިފައެއް ނުވެއެވެ. އޭނާގެ ފޭނުން ތިބީ މި ހަބަރު ލިބުމާއެކު ބޮޑު ޝޮކެެއްގައެވެ. އަދި ގިނަ ބަޔަކު އަންނަނީ މީސްމީޑިއާގެ އެކު ޕްލެޓްފޯމް ތަކުގައި ތައުޒިޔާގެ މެސެޖްތައް ލިޔެ ހިތާމަ ފާޅު ކުރަމުންއެވެ.

"ލަވް އައިލެޑް"ގައި އޭނާ މަޝްހޫރުވެފައިވަނީ "މަގީ މައިކް" ގެ ނަމުންނެވެ. މައިކް ވަނީ 2018 ވަނަ އަހަރު "ސެލެބްސް ގޯ ޑޭޓިން" ގައި ވެސް ބައިވެރިވެފައެވެ. މައިކް މަރުވެފައިވަނީ "ލަވް އައިލެންޓް" ގެ ބައިވެރިއެއްކަމަށްވާ ސޯފީ ގާޑޮން މަރުވިތާ ނުވަ މަސް ފަހުންނެވެ.

މައިކް ގެ މަރާމެދު ގިނަ ބައެއްގެ ހިތުގައި މިހާރު ސުވާލު އުފެދިފައިވާއިރު ބައެއް ފަރާތްތައް ބުނާގޮތުގައި އޭނާ ވަނީ އަމިއްލިއަށް މަރުވެފައެވެ. އަދި އަނެއް ބަޔަކު ބުނާގޮތުގައި ބަޔަކު މީހުން މައިކް މަރާލީއެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އަދި ވަކި އެއްޗެއް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އުއަހުމަދު އަބީރު

    "ލަވް އައިލެންޑް" ފަދަ ރިއަލިޓީ ޝޯވްތަކަކީ ރާއްޖޭގެ ސަގާފަތާއި އިސްލާމްދީނާއި ވަރަށް ބޮޑަށް ފުށުއަރާ ޝޯވްތަކެކެވެ.އެފަދަ ޝޯވްތަކުން ސްޓާރުންނަށްވާ މީހުންނާއި އެމީހުންގެ ދިރިއުޅުމާއި،ގޮތާއި ފޮތާއި އަދި އެފަދަ ޝޯވްތަކާއި ގުޅޭ މަޢުލޫމާތު ގެނެސްދިނުމަކީ މި ދިވެހި މުޖުތަމަޢުއަށް ގެއްލުންވާނެކަމެކެވެ.

    2
    1
  2. ޒިކުރާ

    އިންނާލިއްލާހި، އޭނާއަށް ސުވަރުގެ މިންވަރު ކުރައްވާށި.

    1
    1