ކައިލީގެ ދަރިފުޅު ސްޓޯމީގެ އިތުރު ފޮޓޯތަކެއް އާންމު ކޮއްފިއެވެ.

މި ފޮޓޯ ތަކަކީ ކައިލީ އާންމުކޮށް ބޭނުން ކުރާ މީސް މީޑިއާތަކުން ފާހަގަކޮށްލެވޭ ދަރިފުޅު ސްޓޯމީގެ ލޯބި ފޮޓޯ ތަކެކެވެ.

އުމުރުން 20 އަހަރުގެ މަންމަ ކައިލީ ވަނީ ދަރިފުޅު ސްޓޯމީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ވަރަށް ބޮޑަށް އިސްކަން ދީފައެވެ. ސްޓޯމީގެ އުމުރަކީ މިހާރު 7 ހަފްތާއެވެ.

ކެލިފޯނިއާގެ ހިޑެން ހިލްގައި ދިރިއުޅެމުންދާ ކައިލީވަނީ އޭނާގެ އެންމެ ގާތް މީހުންނާއި އެކުވެރިނަށްވެސް ދަރިފުޅާއި ބައްދަލު ކުރުމުގައި ހަރުކަށި ގަވާއިދެއް ހަދާފައެވެ.

ކައިލީގެ ވަރަށް ގާތް މީހަކު ބުނީ ކައިލީގެ ދަރިފުޅާއި ބައްދަލު ކުރަން ބޭނުން ނަމަ ދާން ޖެހޭނީ ކައިލީ ދިރިއުޅޭ ގެއަަށް ކަމަށާއި ދަރިފުޅުގެ ސިއްހަތަށް ކައިލީ ވަރަށް އިސްކަންދޭ ކަމަށެވެ. އަދި ކައިލީ އަބަދުވެސް ސްޓޯމީ ގެންގުޅެނީ ގޭ ތެރޭގައި ކަމަށެވެ.

ކައިލީ ވިހާފައިވަނީ މިދިޔަ މަހުގެ ފުރަތަމަ ދުވަހު ސެންޑައި ސިނައި އެލް އޭ ހޮސްޕިޓަލްގަ އެވެ. ކައިލީ ބަނޑުބޮޑުވެ ވިހާފައި ވަނީ މަޝްހޫރު ރެޕާ ޓްރާވިއާ ސްކޮޓްގެ ދަރިއަކަށެވެ. ކައިލީއާއި ސްކޮޓް ވަކިން އުޅޭތީ ގިނަ ބައެއް ސުވާލު އުފައްދާފައިވާއިރު މިކަމާއި އެދެމީހުން ކުރެ އެކަކުވެސް އަދި ވާހަކައެއް ނުދައްކައެވެ.

 

ދާދި ފަހުން މަޝްހޫރު ހޮލީވުޑްގެ ހަބަރުތަށް ގެނެސްދޭ އޮންލައިން މަޖައްލާ " ހޮލޯވުޑް ލައިފް" އާއި ހަވާލާދީ ބައެއް މީޑިއާ ރިޕޯޓުތަށް ބުނާގޮތުން ކައިލީ އާއި ކައިވެނިކުރަން ޓްރެވިސް ސްކޮޓް ހުށައެޅުމުން ކައިލީވަނީ އެ ހުށައެޅުމަށް ނޫނެކޭ ބުނެފައެވެ.

ރިޕޯޓުތަށް ބުނާގޮތުން ކައިލީ ކައިވެނި ކުރަން ހުށައެޅި ހުށައެޅުމަށް ނޫނެކޭ ބުނީ ކައިލީ މިވަގުތު ބޭނުންވަނީ ކައިވެނިކުރުމަށް ވުރެން ބޮޑަށް އެހެން ކަންކަމަށް ވަގުތު ހުސްކުރަން ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު