ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދައިފައިވާ ވަން ޑައިރެކްޝަން ބޭންޑުގެ މެންބަރު ލުއެސް ތޮމްލިންސަންގެ ކޮއްކޮ ފެލިސިތޭ ތޮމްލިންސަން މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މިދިޔަ ބުދަ ދުވަހު ލަންޑަނުގައި އުމުރުން 18 އަހަރުގެ ފެލިސިތޭ މަރުވެފައި އޮއްވާ ފެނިފައިވަނީ އޭނާގެ ސްޓޫޑިއޯ އެޕާޓްމެންޓުގައި ކަމަށް ނޫސްތަކުން ވަނީ ބުނެފައެވެ. އޭނާ މަރުވެފައިވަނީ ހާޑްއެޓޭކެއް ޖެހިގެން ކަމަށް ބައެއް ނުސްތަކުން ބުނަމުން އައި ނަމަވެސް މަރުވީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ޔަގީންވެފައެއް ނުވެއެވެ.

ފެލިސިތޭ އަކީ އިންޓަނެޓު ސެންޝޭޝަނުގައި ވަރަށް މަޝްހޫރު މީހެކެވެ. އޭނާ ގެ މަރު ތަހުގީގު ކުރަމުން އަންނަ ފުލުހުން ބުނިގޮތުގައި ޑުރަގް ފަދަ އެއްޗެއް ބެނުންކޮށްފައިވާ ކަމުގެ ނިޝާނެއް ފެންނަން ނެތެވެ. އަދި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ލުއެސް ކިޔާފައިވާ ބައެއް ލަވަތަކުގެ ތެރޭގައި "ވަޓް މޭކްސް ޔޫ ބިއުޓިފުލް" އާއި "ބެކް ޓު ޔޫ" އާއި "ޔޫ އެންޑް އައި" އާއި "މިސް ޔޫ" އާއި "ނައިޓް ޗޭންޖަސް" އާއި "ސްޓީލް މައި ގާލް" އަދި "ވަން ތިންގް" ހިމެނެއެވެ.