ބޮލީވުޑުގެ މަޝްހޫރު ތަރި ޝާހުރުކް ހާނުގެ ފެން ފެނިގެންދާނީ ވެބް ސީރީޒަކުން ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފިއެވެ.

އިންޑިއާގެ މީޑިއާތަކުން ބުނާގޮތުގައި ޝާހު ފެނިގެންދާ ވެބް ސީރީޒަކީ ތްރިއްލާއެކެވެ. އަދި ލީޑު ރޯލުން ޝާހު ލީޑުން ފެނިގެންދާ މި ސީރީޒް ޕްރޮޑިއުސް ކުރާނީ ވެސް އޭނާއެވެ.

ނަމަވެސް މިކަމާ ގުޅިގެން މިހާތަނަށް ޝާހުގެ ބަހެއް ލިބިފައެއްނުވެއެވެ. އޭނާ އެންމެ ފަހުން ފެނުނީ މިދިޔަ އަހަރު ނެރުނު ފިލްމު "ޒީރޯ" އިންނެވެ. އެފިލްމަށް މާބޮޑު ތަރުޙީބެއް ލިބިފައެއް ނުވެއެވެ. މި ފިލްމުގައި ޝާހު އާއެކު ފެނިގެންދިޔައީ ބޮލީވުޑްގެ މަޝްހޫރު ތަރި އަނުޝްކާ އާއި ކެޓްރީނާއެވެ.

ދާދި ފަހުން ޝާހުއަށް އިންޑިއާއިން އެންމެ ފުރަތަމަ ޖައްވަށް ދިޔަ މީހާ، ރާކޭޝް ޝަރްމާގެ ހަޔާތާބެހޭގޮތުން ހެދުމަށް ތައްޔާރުވަމުން އަންނަ ފިލްމު، "ސާރޭ ޖަހާން ސެ އައްޗާ"ގައި މަސައްކަތް ކުރުމުގެ ފުރުސަތު ދާދިފަހުން ލިބުން އިރު އޭނާ ވަނީ އެފިލްމު ދޫކޮށްލާފައެވެ. ޖަމައެއާއެކު ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމުގައި ވެސް ސަލްމާން ހާން އާއެކު ޝާހު ފެންނާނެ ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ.