އެޗްބީއޯ އިން ގެނެސް ދިން މަޝްހޫރު ސިލްސިލާ "ދަ ސަޕްރާނޯސް" ގެ ޕްރިކްއެލްއެއްގެ ގޮތުގައި ގެނެސްދޭ ފީޗާ ފިލްމު އަންނަ އަހަރު ރިލީޒްކުރާ ގޮތަށް ނިންމައިފި އެވެ.

ވާނާ ބްރަދާޒް އިން "މެނީ ސެއިންޓްސް އޮފް ނެވާކް" ގެ ނަމުގައި ގެނެސްދޭން އިއުލާން ކުރި ފިލްމު "ނެވާކް" ގެ ނަމަށް ބަދަލުކޮށް އަންނަ އަހަރުގެ ސެޕްޓެމްބަރު، 25 ވަނަ ދުވަހު މި ފިލްމު ސިނަމާއަށް ގެނެސްދޭ ގޮތަށްވަނީ ހަމަޖެހިފައެވެ.

"ނެވާކް" ގެ ކާސްޓުންގެ ތެރޭގައި އެލެސެންޑްރޯ ނިވޯލާ، ވެރާ ފާމިގާ، ރޭ ލިއޮޓާ، ޖޮން ބާންތަލް، ކޯރީ ސްޓޮލް، ބިލީ މެގްނެސަން އަދި އަދި ޖޯން މަގާރޯ ހިމެނެ އެވެ. މީގެ އިތުރުން "ދަ ސަޕްރާނޯސް" ގެ ބައެއް ކާސްޓުން ވެސް ފިލްމުން ފެންނާނެ އެވެ.

"ނެވާކް" ސްކްރީންޕްލޭ "ދަ ސަޕްރާނޯސް" ގެ މޭސްތިރިޔާ ޑޭވިޑް ޗޭޒް އާއި ލޮރެންސް ކޮނާ ލިޔެފައިވާ އިރު، ފިލްމުގެ ޑައިރެކްޓަރަކީ "ދަ ސަޕްރާނޯސް" ގެ އެޕިސޯޑްތަކެއް ވެސް ޑައިރެކްޓްކޮށްފައިވާ ޑައިރެކްޓަރު އެލަން ޓޭލާ، 54، އެވެ.

ހަ ސީޒަނަކަށް 1999-2007 އަށް ގެނެސް ދިން "ދަ ސަޕްރާނޯސް" ގެ 86 އެޕިސޯޑް ބެލުންތެރިންނަށް ގެނެސް ދީފައިވެ އެވެ. މީގެ ޕްރިކްއެލްއެއްގެ ގޮތުގައި ގެނެސްދޭ ފީޗާ ފިލްމު "ނެވާކް" އަކީ 1976 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ނެވާކް ސިޓީގައި ހިނގި ހަމަނުޖެހުންގަނޑެއް ދައްކުވައި ދޭނެ ފިލްމެކެވެ.