ދުނިޔެ އާއި ވަރަށް ކައިރިން ދެވަނަ ބޮޑު ހަގުރާމައިގެ ތެރޭގައި ޖަޕާނަށް ވައްޓާލި ހީރޯޝިމާ ބޮމުގެ 11 ގުނަ ބާރުގަދަ ގޮވުމަކާއި އެއްވަރު ގޮވުމެއް ގިނި ހިލައެއް ގޮވައިގެން އުފެދިއްޖެއެވެ.

ނަމަވެސް މި ގޮތުން ދުނިޔޭގެ އެއްވެސް ބައެއްގެ ސަމާލު ކަމަށް އައިސްފައިނުވާ ކަމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ބުނެއެވެ.

މިދިޔަ އަހަރު ޑިސެންބަރު މަހު ރަޝިއާގެ ބެރިން ކަނޑުގެ މަތިން ޖައްވުގެ ތެރޭގައި ގިނި ހިލައެއް ވަރަށް ބާރުގަދަ ގޮވުމަކުން ގޮވި ކަން ދާދި ފަހުން ނާސާއިން ވަނީ ހޯދާފައެވެ.

ނާސާއިން ބުނިގޮތުގައި މި ބާރުގަދަ ގޮވުން 173 ކިލޯޓަން ބޮމެއްގެ ބާރުމިން ހުރި ކަމަށެވެ. 15 ކިލޯޓަނަކީ ހީރޯޝިމާއަށް އެމެރިކާއިން ވައްޓާލި ބޮމުގެ ބާރުމިނެވެ.

ނާސާއިން ބުނިގޮތުގައި މިހާބޮޑު ހާދިސާއެއް ހިނގިއިރު ދުނިޔޭގެ އެއްވެސް ބަޔަކު މިކަން ފާހަގަ ކުރެވިގެން ރިޕޯޓް ނުކުރާ ކަމަށެވެ.

ދުނިޔެއަށް ގިނިހިލަ ވެއްޓުމުގެ ހާދިސާތައް ކޮންމެވެސް ވަރަކަށް ހިނގާފައި ވެއެވެ. އެގޮތުން މީގެ މަހެއްހައި ދުވަސް ކުރިން ރަޝިޔާއަށް ވެސް ގިނިހިލައެއް ވެއްޓުނެވެ. އަދި 2013 ވަނަ އަހަރުވެސް ރަޝިޔާގެ ހުޅަނގުގެ ސަރަޙައްދަކަށް ގިނިހިލައެއް ވެއްޓުނެވެ. އެ ގިނިހިލަ ވެއްޓުނީ އެ ޤައުމުގެ ހުޅަނގުން މެދުތެރޭގައި އޮންނަ ސިޓީއެއްކަމަށްވާ ޝެލިޔަބިންކްސް އަށެވެ.

ދުނިޔޭގައި ގިނިހިލައަކުން ޖެހި ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ކަންބޮޑުވުން ކުރިންވެސް ބައެއް ތަޖުރިބާކާރުން ފާޅުކޮށްފައިވެއެވެ. އެގޮތުން ގިނިހިލައެއް ދުނިޔެއާއި ދިމާލަށް މިހާރުވެސް މިސްރާބު ޖަހާފައި ވެދާނެކަމަށާއި، އެހެނަސް އެ ގިނިހިލަ ފެންނާނީ ދެން އިތުރަށް އެކަމުން ސަލާމަތްވާން ފިޔަވަޅެއް އެޅޭވަރަށްވުރެ ވަގުތު ކުޑަތަން ވެފައިވަނިކޮށް ކަމަށް އެފަރާތްތަކުން ބުނެއެވެ.

އާދަޔާއި ޚިލާފަށް ބާރަށް ދަތުރުކުރާ ގިނިހިލަތަކުން ދުނިޔެ ސަލާމަތްކުރުމަށް ޚާއްސަ އާލާތެއް ތައްޔާރު ކުރުމުގެ މަސައްކަތް ސައިންސްވެރިން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ާޢަބު ނިޝްޥާން

    މީހުން ބިރުގެންނެވުމާއި އެބައިމީހުންގެ މޮޅުކަން ދެއްކުމަށް އެމެރިކާއިން ފަތުރާ ދޮގު ޚަބަރެއް..

    16
    5
    • ހަހަ

      "ދުނިޔެއަކީ ފަތި ތަނެއް. ދުނިޔެވަނީ ވަށްކޮށޭ އެއީ އެމެރިކާއިން ފަތުރާ ދޮގު ޚަބަރެއް.
      ވެކްސިންއަކީ މީހުން ބްރެއިންވޮޝްކުރާއެއްޗެއް. ވެކްސިންނަކީ ރަނގަޅު އެއްޗެކޭ ކިޔަނީ އެމެރިކާގެ ދޮގުވެރިން." ~ ކަލެއަކީ މިގޮތަށް ވިސްނާ މޮޔައެއް

      12
      4
    • ހާބީ

      ކަލޭ ވެއްޖެއެއްނު ތަންދޮރު ދަސްކުރަން . އެހެންނޫނީ ކަލޭ ކިތަންމެ މޮޅު ހަދީސެއް ދެއްކިޔަސް މިޒަމާނުގެ ތައުލީމީ ކުއްޖަކު ބަލައެއް ނުގަންނާނެ. ކަލޭމެން މީހަކު ބުނާ އެއްޗަކީ ކަހެރުވަކެކޭވެސް ހިތަކަށް ނާރާނެ.

      3
      1