ގެއްލިފައިވާ މެލޭޝިއަން އެއާލައިންގެ ފްލައިޓް އެމްއެޗް 370އަށް ދިމާވީ ހާދިސާއެއް ނޫން ކަމަށާއި، ފްލައިޓް ވަނީ ސިއްރު ރަންވޭއެއްގައި ޖައްސާފައި ކަމަށް ކުރިން ޕައިލެޓްކަން ކުރި ރޭންޑީ ރަޔަން ބުނެފިއެވެ.
ރޭންޑީއަކީ ކުރީގެ ޔުނައިޓެޑް އެއާލައިންސް ޕައިލެޓެކެވެ. އޭނާ ބުނެފައިވާ ގޮތުގައި އާންމުކޮށް ފްލައިޓްތަކަށް ދިމާވީ ފަދަ އެކްސިޑެންޓަކުން އެ ފްލައިޓް ގެއްލުމަކީ "ސުން ޕަސެންޓްގެ ހަގީގަތެއް" އޮތް ކަމެއް ކަމަށާއި، އެ ފްލައިޓް ގޮސްފައި ވަނީ ހީކުރި ގޮތާ ހިލާފަށް އިރަށް ކަމަށެވެ.
އަދި އެ ދިޔަ ގޮތަށް މަޑަގަސްކަރަ ކައިރިން، އިރު ދެކުނަށް ގޮސް، ކޮންމެވެސް ތަނެއްގައި ޖައްސާފައިވާ ކަމަށްވެސް ރަޔަން ބުނެފައިވެއެވެ. އެ ފްލައިޓްގެ ފިޔަގަނޑެއްކަމަށް ޝައްކުވާ ފިޔަގަނޑެއްވެސް މަޑަގަސްކަރަ ކައިރިން ފެނިފައިވާ އިރު، ރަޔަން ބުނެފައިވާ ގޮތުން، އެ ފްލައިޓްގެ ޖީޕީއެސް ވަނީ ކުރިއާލާ ތައްޔާރުވެގެން އޮޅުވާލާފައެވެ.
ރަޔަން އިތުރަށް ބުނެފައިވާ ގޮތުގައި، ފްލައިޓް ޖެއްސުމާއެކު ބިންމަތީގައި ތިބި ބަޔަކު އެ ފްލައިޓް ފޮރުވާފައިވާ ކަމަށާއި، އެކަން ކޮށްފައި ވަނީ ކެމޯ ފޮތިގަނޑަކުން ކަމަށްވެސް ރަޔަން ބުނެފައިވެއެވެ. އެހެން ނަމަވެސް ފްލައިޓެއް ބޭނުންވި ސަބަބު ބުނެދޭން ނޭނގޭ ކަމަށްވެސް ރަޔަން ބުނެފައިވެއެވެ.
ރަޔަންގެ ތިޔަރީގައި ބައިވަރު ފޫނުބެދޭ ކަންތައްތަކެއް ހުރި ކަމަށް އެމެރިކާގެ އާމީ ޕައިލެޓެއް ވަނީ ބުނެފައެވެ.
އެމްއެޗް 370 ގެއްލުނީ 2014 ވަނަ އަހަރުގެ މާޗް 8 ވަނަ ދުވަހު މެލޭޝިއާގެ ކުއަލަލަމްޕޫރުން ފުރައިގެން ޗައިނާގެ ބެއިޖިން އަށް ދަތުރު ކުރަމުން ދަނިކޮށެވެ. ފްލައިޓް ގެއްލުނު އިރު ފްލައިޓްގައި 227 ފަސެންޖަރުންނާއި 12 ކްރޫ އިން ތިއްބެވެ.
މެލޭޝިއާގެ ވައިގެ ސަރަހައްދުން ނިކުމެ، ވިއެޓްނާމްގެ ވައިގެ ސަރަހައްދަށް ވަން ފަހުން ފްލައިޓްގެ އެއްވެސް ޚަބަރެއް ނުވެއެވެ.
އެމްއެޗް 370 ގެއްލުނު ހާދިސާ އާއި ބެހޭ ގޮތުން މެލޭޝިއާ ސަރުކާރުން އާންމު ކުރި ތަޙްޤީޤީ ރިޕޯޓްގައި ވެސް ފްލައިޓަށް ވީގޮތެއް ބުނެފައެއް ނުވެއެވެ.
އެމްއެޗް 370 ހޯދަން މީގެ ކުރިން އިންޑިއާ ކަނޑުގެ އެތައް ލައްކަ އަކަ މޭލެއްގެ ސަރަހައްދެއް ބެލި ނަމަވެސް ފްލައިޓްގެ އެއްވެސް އަސަރެއް ފެނިފައެއް ނުވެއެވެ.
ފުލައިޓަށް ވީގޮތް މޮޅަށް ދެނެވޮޑިގެން ވާނީ ﷲ
ތިކަން ތަޙްޤީޤްކުރެވޭވަރުގެ އެންމެ މީހެއް އަދި މިހާތަނަށް ހުރީ! ހުސްނުސުޢޫދާ ހަވާލުކުރޭ! 24 ގަޑިއިރުތެރޭ ތިކަން ވީގޮތް ހޯދާދޭނެ! ލޮލް.
ކުޑަހުވަދޫ ފަޅުތެރެ ބަލާބަލަ!
ތިކަހަލަ ގޮތްނޭގޭ މަރުތައްބަލާ ކޮމިޝަނެއް މިރާއްޖޭގައި މިހާރު އެބައޮތް . އެކޮމިޝަނަށް ހުށަހަނިކޮށް 3މަސްދުވަހުގެ ތެރޭގައި ތިފްލައިޓާއި މީހުންހޯދާ އާއިލާތަކާ ހަވާލުކޮށްދޭނެ. އެކޮމިޝަނުގެ ރައީސަކަށްހުރީ ވަރަށްފުންނާބުއުސް ގާނޫނާ ހިސާބަށް އަތްނުފޯރި، ގާނޫނުގެ ދިގުއަތްގެންގުޅޭ މީހެއް.
މާމިގިލިގަވެސް ޖެއްސިޔޯ ކުޑަހުވަދޫ މީހުން ބުނީ