މުޅި ދުނިޔެއަށް މިސާލު ދައްކައިދިން މީހެއްގެ ވާހަކަ ދައްކާލަމާ ހިނގާށެވެ. އޭނާއަކީ ފިހާރައެއްގައި އިންނަ މީހެކެވެ. ސާރީ ވިއްކަމުންދާ ފިހާރައެއްގައި އިންނަ އެ ޒުވާނާގެ ނަމަކީ ޑިލިޕްއެެވެ.

މިދިޔަ ހުކުރު ދުވަހު އޭނާ މަސައްކަތް ކުރާ ފިހާރައަށް ދިޔަ ނަގުމަތީގައި ފެނުނު ދަބަހެއްގެ ތެރެއިން ފެނުނު ފައިސާތަކެއް ހަވާލުކުރީ ޑިލިޕްއެެވެ.

އިންޑިއާގެ ގުޖްރާތްއަށް ނިސްބަތްވާ ޑިލިޕް ހިނގާފައި ދަނިކޮށް މަގުގެ އެއްކައިރިން ފެނުނު އެ ދަބަސް ހުޅުވާ ބެލިއިރު، އޭގައި ވަރަށް ބައިވެރު ފައިސާ ހުރުމުން އޭނާވެސް ހައިރާންވިއެވެ. 10 ލައްކަ ރުޕީސްގެ އެ ދަބަހުން ފެނުމުން އޭނާ އެ ދަބަސް ހިފައިގެން އޭނާ މަސައްކަތް ކުރާ ފިހާރައަށްގޮސް އެތަނުގެ ވެރިޔާ އަތަށް ދިނެވެ.

އަދި އޭ ދަބަހުގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރިއެވެ. އަދި އެކަން ފުލުހުންނަށްވެސް އެންގިއެވެ. އެންމެ ފަހުން އެ ހިސާބުގެ ސީސީޓީވީ ފޫޓޭޖް ބަލާ އޭގެ ވެރިމީހާ ވަނީ ހޯދާފައެވެ. އަދި އެ މީހާއާ އެ ދަބަސް ހަވާލުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ ދަބަސް ވެރިފަރާތާއި ހަވާލު ކުރުމުން އޭނާއަށް ތައުރީފް އޮހެމުން އަންނައިރު، އޭނާގެ ތެދުވެރިކަމަށް ޝުކުރުވެސް އަދާކުރިއެވެ. އަދި އޭނާއަށް ހަދިޔާއެއް ދިނުމުގެ ގޮތުން 2 ލައްކަ ރުޕީސް ދިންކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

،މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެކެވެ. ތެދުވެރިން ނޫޅޭ ވާހަކަ އަހަރުމެން ވަރަށް ގިނައިން އަހަމެވެ.

ކިޔުންތެރިންގެ ހިޔާލު