އިންސާނެއްގެ ބޮލެއް ކަހަލަ ގިނިހިލައެއް ދުނިޔެއާ ވަރަށް ކައިރިން ދަތުރު ކުރާނެކަމަށް ސައިންސްވެރިން ބުނެފިއެވެ.

2015 އަހަރު އޮކްޓޯބަރު މަހު ދެނެގަނެވިފައިވާ މިގިނިހިލަ ދުނިޔެ ކައިރިން އެމަހު 15 ވަނަ ދުވަހުވަނީ ދަތުރުކޮށްފައެވެ. އަދި އެގިނަހިލަ މިހާރު އެބުރެނީ ދުނިޔެވަށައިގެންކަމަށްވެސް ސައިންސްވެރިން ބުނެއެވެ. މިއަހަރު މިގިނިހިލަ ދުނިޔެއާއި އާދަޔާ ޚިލާފަށް ކައިރިން ދަތުރު ކުރާނެކަމަށް ދަތުރު ކުރާނެކަމަށް ސައިންސްވެރިން ލަފާކޮށްފައިވާއިރު، މިކަން ހިގާނީ މިއަހަރުގެ ފަރުކޮޅުގައިކަމަށްވެސް ސައިންސްވެރިން ބުނެއެވެ. އިންސާނެއްގެ ބޮލުގެ ކަށިގަނޑުގެ ސިފައެއްގައި އޮންނަ މިހިނަ ހިލައަށް ވަނަމެއްގެ ގޮތުގައި ކިޔާފައިވަނީ ހޮލޮވީން ގިނިހަލައެވެ.

ސައިންވެރިނާ ހަވާލާދީ ބޭރުގެ ނޫސްތަކުން ބުނާގޮތުގައި މި ގިނަހިލަ ދުނިޔޭގެ ވަށައިގެން އެބުރޭތާ މިހާރު 3.04 އަހަރު ވެދާނެކަަމަށެވެ. އަދި މިގިނަ ހިލަ މިއަހަރު 2015 ވަނަ އަހަރު ދުނިޔެއާއި ކައިރިވީވަރަށްވުރެ މިއަހަރު ކައިރިވާނެކަމަށަވެސް ސައިންސްވެރިން ބުނެއެވެ.

2015 ވަނަ އަހަރު މިގިނަ ހިލަ ދުނިޔެއާއި 300،000 މޭލު ކައިރިއަށް އައިސްފައިވެއެވެ. ހަނދު ހުންނަނީ 239،000 މޭލު ދުރުގައިކަންވެސް ފާހަގަކޮށްލެވެއެވެ.