އާދަޔާ ހިލާފަށް ބޮޑު މަހެއް އޮސްޓްރޭލިއާގެ ގޮނޑުދޮށަށް ލައްގައިފިއެވެ.

ބިރުވެރި ސިފައެއްގައި އޮތް މި މަސް ފެނުނީ އޮސްޓްރޭލިއާގެ ދެކުނުގައިވާ ކޫރޮންގް ނެޝަނަލް ޕާކްގެ އައްސޭރި ފަށުންނެެވެ.

ލައްގާފައި އޮތް މިމަސް ފެނުނީ އެ ސަރަހައްދަށް ގޮސް އުޅުނު ދެ މަސްވެރިއަކަށެވެ. މިވައްތަރުގެ މަހަށް "ސަންފިޝް" ނުވަތަ "މޯލާމޯލާ" އާވެސް ކިޔައެވެ. މި މަހަށް ސަންފިޝްގެ ނަން ދީފައިވަނީ މި ވައްތަރުގެ މަހަކީ އިރުގެ އަތްވާއި ވަރަށް ގަޔާވާ އެއްޗަކަށް ވާތީއެވެ.

މި މަހަކީ ކަނޑުތަކުގައި ދަތުރުކުރާ ބޯޓުތަކަށް ނުރައްކާތެރި އެއްޗެކެވެ. މި ވައްތަރުގެ މަހާއި ގުޅޭ ގޮތުން ސައިންސްވެރިންނަށް އަދި މިހާތަނަށް ހޯދިފައިވަނީ ވަރަށް މަދު މައުލޫމާތެކެވެ.

ކުރިން ބެލެވިިފައި އޮތް ގޮތުގައި މިއީ ދުނިޔޭގެ ދެކުނު ތަނޑީގެ ސަރަހައްދުގައި ދިރިއުޅޭ މަހެއްކެވެ. ނަމަވެސް ސަންފިޝް އަކީ އޮސްޓްރޭލިޔާ އާއި ނިއު ޒީލޭންޑްގެ މޫދުގައި ދިރިއުޅޭ މަހެކެވެ. މި ވައްތަރުގެ މަސް، ދެކުނު އެފްރިކާ އާއި ޗިލީ އާއި ހިސާބުންވެސް ވަނީ ފެނިފައެވެ.

އޮސްޓްރޭލިއާގެ ގޮނޑުދޮށުން ފެނުނު މަސް މަރުވި ސަބަބު އަދި ދެނެގަނެވިފައެއް ނުވެއެވެ. މިމަހުގެ ބޮޑު މިނަކީ 1.8 މީޓަރެވެ. މި މަސް ކާނާއެއްގެ ގޮތުގައި އާންމުކޮށް ބޭނުންކުރަނީ "ޖެލީ ފިޝް"އެވެ.

ސަންފިޝް އެންމެ ވައްތަރީ ބުރިކޮށްލާފައިވާ މަހަކާ އެވެ. ސަބަބަކީ އެ މަހުގައި އިންނަނީ ހަމައެކަނި ބޮލަކާއި ދެ ކޮތަރިފަތެވެ. މި މަހަކީ އޭގެ އުފެދުމުގައި ނިގޫ ނެތް މަހެކެވެ.

ދާދިފަހުން އެމެރިކާގެ ކެލިފޯނިއާގެ ގޮނޑުދޮށުންވެސް މިފަދަ މަހެއް މަރުވެގެން ލައްވެފައި އޮއްވާ ވަނީ ފެނިފައެވެ. މި މަހަކީ ދުނިޔޭން އެއްްކޮށް ނެތި ގޮސްފައިވާ މޫދުގައި ދިރިއުޅޭ މަހުގެ އާއިލާއަށް ނިސްބަތްވާ ބިޔަ މަހެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސައްލެ

    ހާދަހާ މައުލޫމާތު ނެތޭދޯ މިމަސް ރާއްޖޭގަ ވެސް އުޅޭ ވަރައް ބޭ ރުގަ އާމުކޮއްމިމަސް އުޅެނީ ތިރީސް މީޓަރުގަ ނަގޫވެސް އިދޭ އިންނަނީ ބިއްލޫރި ކޮޅެއް ހެން ވަރައް ހުޅުބުވެސް ތޫނުވާނެ