މިހާރުގެ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހަޔާތުގެ މައްޗަށް ހަދާ ފިލްމު "ޕީއެމް ނަރެންދުރަ މޯދީ" އަންނަ އެޕްރީލް މަހުގެ ފަސްވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމައިފިއެވެ.

ކުރިން އެ ފިލްމު އަޅުވަން ނިންމާފައިވަނީ އެޕްރީލް 12 ވަނަ ދުވަހު އަޅުވާށެވެ. ނަމަވެސް މިހާރު މިވަނީ ފިލްމު އަޅުވާ ތާރީހް އެޕްރީލް ފަހަކަށް އަވަސް ކޮށްފައެވެ.

"ޕީއެމް ނަރެންދުރަ މޯދީ" އަކީ މި އަހަރުގެ ޖެނުއަރީ މަހު 27 ގައި ޝޫޓިން ފެށި ފިލްމެކެވެ. ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ ވިވެކް އޮބެރޯއީ އެވެ.

މޯދީގެ ހަޔާތުގެ އެކި ދުވަސްވަރުގެ ވާހަކަތައް ދައްކުވައިދޭނެ އެ ފިލްމު ޑައިރެކްޓުކުރަނީ އޮމަންގް ކުމާރެވެ.

ޕްރޮޑިއުސަރެއްގެ ގޮތުގައި ލީޑު ތަރި ވިވެކްގެ ބައްޕަ އަދި އެކްޓަރު ސުރޭޝް އޮބެރޯއީ ވެސް ހަރަކާތްތެރިވެއެވެ.

ކުރު މުއްދަތެއްގެ ތެރޭގައި ޝޫޓިން ނިންމާލި އެ ފިލްމުގެ ކާސްޓުންގެ ގޮތުގައި ފެންނާނީ، ބަރްކާ ބިޝްޓް އާއި ޒަރީނާ ވައްހާބްގެ އިތުރުން ދަރުޝަން ކުމާރު އަދި މަނޯޖް ޖޯޝީ ފަދަ ތަރިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހިހި

    ތިޔަ ފިލްމުގައި މޯދީ އުފަން ގުޖްރާތް ސްޓޭޓްއިން މޯދީ މެރި އެއްހާހަށްވުރެ ގިނަ މުސްލިމުން މަރާލަން ޓެރަރިސްޓް ހަމަލާ ރޭވިގޮތުގެ ވާހަކަ ގެނެސްފިއްޔާ ކިތަންމެހާވެސް ރަނގަޅު... ޕްލީސް ގޫގުލް ސާރޗް މޯދީ މުސްލިމްސް ކިލިންގް