އެއް އިރެއްގައި ވެސް ރަނގަޅަށް ކައްކަން ނޭންގޭ ކަމަށާއި ކައިވެނީގެ ކުރިން އެވާހަކަ ނިކް ޖޯނަސް ގާތު ބުނި ކަމަށް މަޝްހޫރު ފިލްމީ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ބުނެފިއެވެ.

އޭނާ ބުނީ ނިކް ޕްރޮޕޯޒް ކުރި ހިސާބުން ވެސް އޭނާ އަށް ކައްކަން ނޭންގޭނެ ކަމަށް ބުނެފައިވާނެ ކަމަށާއި އެގޮތަށް ބަލާނަމަ އޭނާ އަކީ ފުރިހަމަ އަނބަކަށް ނުވެދާނެ ކަމަށް ބުނި ކަމަށެވެ.

ޕްރިޔަންކާ ބުނި ގޮތުގައި އޭނާއަށް އިނގެނީ ބިހެއް ކައްކާލަން އެކަންޏެވެ.

އޭނާ ބުނީ ނިކްގެ މަންމަ އަކީ ނުލާހިކު ކައްކަން މޮޅު މީހެއް ކަމަށާއި އެހެންވެ އެކަހަލަ އަންހެނަކަށް އޭނާ ނުވެދާނެތީ ކުރީ ބައިގައި ނިކް އަށް ހަނދާންކޮށްލަ ދިނީ ކަމަށެވެ.
ޕްރިޔަންކާ ބުނީ ނިކް ގާތު އެވާހަކަ ބުނުމުން އެއްވެސް މައްސަލަ އެއް ނެތް ކަމަށް އޭނަ ބުނި ކަމަށެވެ. އަދި ނިކް އަށް ވެސް ކައްކަން ނޭންގޭ ކަމަށް އޭނާ ބުންޏެވެ.

ލޯބީގެ ގޮތުން ދުވަސްތަކެއް ވަންދެން ގުޅިގެން އުޅުމަށްފަހު މިދިޔަ އަހަރު ފަހުކޮޅު ކައިވެނި ކުރި ލަވަކިޔުންތެރިޔާ ނިކް އަދި ޕްރިޔަންކާ ލޯބިން ދިރިއުޅެމުން އަންނަނިކޮށް ދާދި ފަހުން ވަނީ ޕްރިޔަންކާ އިނީ ބަލިވެ ކަމަށް ސޯޝަލް މީޑިއާގައި އަޑުތަކެއްވެސް ފެތުރިފައެވެ. އެހެން ނަމަވެސް އެއީ ދޮގެއް ކަމަށް ޕްރިޔަންކާ ފަހުން ވަނީ ބުނެފައެވެ.

ކުރިއަށް ވެސް ޕްރިޔަންކާފެ ފިލްމު ތަކެއް ރިލީޒްވާން އެބަ ހުއްޓެވެ. އޭނާ އެންމެ ފަހުން ފެނުނީ މިދިޔަ މަހު ރިލީޒް ކުރި އިނގިރޭސި ފިލްމު "އިޒންޓް އިޓް ރޮމޭންޓިކް" އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކެނެޑީ

    އޭތިޔަވަރަށް ސަކަރާތްވީ، ކައްކަން އެނގުމަކީ ވަރަށްވެސް މުހިންމުކަމެއް، ކިތަންމެވަރަށް އޯޑަރުކޮށްގެން މަސައްކަތުކައްކާމީހުން ލައްވާ ކަަައްކައިގެން ކެޔަސް އަނބިމީހާ ކެއްކީމަ އެހުންނަ ހިތްގައިމު ކަމެއް ނުހުންނާނެ.

    38
    5
  2. ހައި

    މި މަންޖެއަށް ކާން އެނގޭބާ.

    17
    2
  3. ނިކް

    ޙާދަ ދޮގެއް ހަދަޔޭ... މަގެ ކައިރީ ނުބުނޭ ތިކަހަލަ އެއްވެސް ވާހަކައެއް..

    12
    3
    • ކެކެ

      ނިކް ދިވެހި ބަސް ދަސްކުރީ ކޮންއިރަކު؟؟

      12
    • ފޭނު

      ގައިމުވެސް ކުރަންއެނގޭ އެއްކަންތައް އޮންނާނެ...

      11
      2
  4. ކޭ މާޓް

    ކައްކާކަށް ނޭގެ އެކަމަކު ތިހުރީ ކާލާ ބޮޑޮތި ބާގާރ

    11
    1
  5. Anonymous

    އަހަރުމެން މުސްލިމުން ފިރިންނަށް ކައްކާފަ ކާންދޭނީ ދެއަތުން އެއީ އެކަމުން ލިބޭ ސަވާބާ ﷲ ގެ ރުހިވޮޑިގަތުން ހާސިލުކުރުމަށް ބޭނުންވާތީ. ގެވެހި ފިރިންނަށް ކިޔަމަންވާ ދީންވެރި އަންހެނުންނަކީ ރަނާ ރިއްސާ ޖަވާހިރަށްވުރެ އަގުބޮޑު އެއްޗެއް. އެފަދަ އަންހެނަކު ތިބާ ނިކަމެތިވާދުވަހު ތިބާ ދޫކޮށް ފައިސާ ފަހަތަކުން ނުދުވާނެ. ޕްރިޔަންކާ އަކީ އުޅުމެއްނެތް މިފަދަ އެއްވެސް ރީތި އަޚްލާގެއްނެތް ކާފިރެއް. ޢަހަރުމެން ފޮލޯކުރަނީ މިއުމްމަތުގެ ނަބިއްޔާ. ޕްރިޔަންކާ ގުއި ނުދޮތަސް އަހަރުންނަށް ވަރިހަމަ

    22
    3
  6. ބަމަރސް

    ދެން މާމަޝްހޫރުވީމަ ތުއިވަނީ. ކައްކަން އެގުނަސް ކައްކާނެ ވަގުތެއްނުވާނެ ތިހިރެގެން މުސްކުޅިވަނީ އެހެންވެ ޅަމީހަކާ އިދެވުނީމަ މޫނަށް ރޫއެރިޔަނުދީ އުޅެން ޖެހޭނީ.

    5
    1