ޕަބްޖީ ގޭމްއަށް ގެއްލި މުޅި ހަޔާތް ބަރުބާދު ވަނީއެވެ. ހުއްޓާލާކަށް ނުވޭހެއްޔެވެ؟ ނޫނީ ގޭމް ކުޅެން ވަކި ވަގުތުތަކެއް ކަނޑައަޅައިގެން، ކިޔެވުމާއި މަސައްކަތައިގެން އުޅެންވީ ނޫންހެއްޔެވެ؟ ދާދި ފަހުން ކުއްޖަކަށް މި ވަނީ ބޮޑު ލަޑެއް ލިބިފައެވެ. އޭނާ ހެދި ފުރަތަމަ އަަހަރުގެ ޕްރި ޔުނިވާސިޓީ ޓެސްޓުން ފެއިލްވީ ޕޭޕަރުގައި ނުގުޅޭ ޖަވާބު ދީގެންނެވެ. އޭނާ ޕޭޕަރުގައި ލިޔުނީ ޕަބްޖީއާއި ގުޅޭގޮތުންނެވެ.

އިންޑިއާގެ ނޫސްތައް ބުނާގޮތުގައި، އެ ކުއްޖާ މިގޮތަށް ލިޔެފައި ވަނީ އިކޮނޮމިކްސް ޕޭޕަަރުގައެވެ.

އަދި އެ ކުއްޖާއަކީ ސެކަންޑަރީ ސްކޫލް ނިމުނުއިރު، ވަރަށް މަތިން މާކްސް ހޯދި ކުއްޖެއްކަމަށްވެސް ބުނެފައި ވެއެވެ. އެހެން ނަމަވެސް އެ ގޭމަށް އޭނާ ދެވިހިފާފައި ހުރުމުން ކިޔެވުމަށް އެއްވެސް ވަރަކަށް ސަމާލުކަން ނުދެވޭކަމަށް ބުނެފައި ވެއެވެ.

ވަރުން ނަމަކަށް ކިޔާ އެ ކުއްޖާ އަމިއްލައަށްވެސް އެކަމަށް އެއްބަސްވެއެވެ. އެ ގޭމްގެ ސަބަބުން އޭނާއަށް ނުކިޔެވޭ ކަމަށާއި، ކިޔަވާކަމަަށް ހަދައިގެން މައިންބަފައިންނަށްވެސް ހެދީ ދޮގުކަމަށް ބުނެފައި ވެއެވެ. އެގޮތުން އެ ގޭމް ކުޅެން އިންނަ ވަގުތުތަކުގައި މައިންބަފައިން އޭނާ ކުރަން ކަންތައް އެހުމުން ރައްޓެހިންނާއި ޗެޓް ކުރަނީކަމަށް ބުނެފައިވާކަމަށް ވެއެވެ.

އަދި އެ ގޭމްގެ ސަބަބުން އޭނާ ކްލާސްތަކަށްވެސް ނުގޮސް ގޭމް ކުޅުމުގައި އުޅޭކަމަށްވެސް ވަރުން ބުންޏެވެ.

އެހެންވެ އޭނާއަަށް ކުރެވުނު ގޯސްތައް ރަނގަޅުކޮށް، މިއަދު އޭނާ އެވަނީ ޕަބްޖީ ކުޅުން ހުއްޓާލާފާއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑެނޮ

    ޑެން ޕަބުޖީ އާ ނުބެހިފެލަ ހެއޮނުވަަނެ

    7
    13
  2. މ.އ

    ރާއްޖޭގައިވެސް ޕަބުޖީ މަނާކުރަން ފެނޭ

    15
    11
  3. ބޮޓު

    ޕަބުޖީ މަނަައެއް ނުކުރެވޭނެ

    5
    6