އީރާގުގައި ނޭފަތެއް ނެތް ކުއްޖަކު އުފަންވެއްޖެއެވެ. މި ކުއްޖާ ނޭފަތެއް ނެތްކަމުގައިވިޔަސްް ނޭވާލަމުން ދަނީ އަނގަ ބޭނުންކޮށްގެންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މީގެ ދެ ހަފްތާ ކުދިން ބަގްދާދްގެ ފަލޫޖާ ސިޓީއަށް އުފަންވި އެ ކުއްޖާއާ ގުޅޭ މާބޮޑު ތަފްސީލެއް މީޑިއާތަކަށް ހާމަވެފައެއް ނުވެއެވެ. ރިޕޯޓްތައް ބުނާގޮތުގައި، އެ ކުއްޖާގެ އެއްބަނޑު އިތުރު ތިން ކުދިން ތިބެއެވެ. އެ ކުދިންގެ ސިއްހީ އެއްވެސް މައްސަލައެެއް ނުހުންނަކަމަށް ވެއެވެ.

މިފަދަ ސިއްހީ ހާލަތެއް މެދުވެރިވެފައިވާ ކުދިން ގިނަ ދުވަހު ދުނިޔޭގައި ނުތިބެއެވެ. މިފަދަ ކުދިން އުފަންވާލެއްވެސް މަދެވެ. އެ ކުއްޖާއަށް އެފަދަ ގޮތެއް މެދުވެރިވި ސަބަބު އަދި ހޯދިފައިނުވާކަމަށް ވެއެވެ.

އެ ކުއްޖާ ޖެހިފައި މައިކްރޯސެފަލީ ނަމަކަށް ކިޔާ ސިއްހީ މައްސަލައެއް ކަމަށް ބުނެފައި ވެއެވެ. އެ މައްސަލައަކީ އެހެން ކުދިންނަށްވުރެ ބޯ ކުޑަވުމުން ކިޔާ ނަމެކެވެ. އެއީ ޒިކާ ވައިރަސްގެ ސަބަބުން ނުވަތަ އެ ކުއްޖާގެ މައިންބަފައިން މާ ގިނައިން ރާ ބުއިމުން ދިމާވެފައިވާ މައްސަލައެއްކަމަށް ވެސް ބުނެފައި ވެއެވެ.

އެ ކުއްޖާގެ ފޮޓޯތަކެއް މީސް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. ނަމަވެސް އެކުއްޖާ އަކީ ކޮން ޖިންސެއްގެ ކުއްޖެއް ކަމެއް ވެސް މީޑިއާތަކުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަމީ

    އޮޅުވާނުލާބަލަ. އިރާގުގެ ފައްލޫޖާގައި އެމެރިކާސިފައިން ދިން ކެމިކަލް ހަމަލާގެ ސަބަބުން ވާގޮތެއްކަން މީ ދުނިޔެ ދަންނަ ހަޤީގަތެއް. ނޭގެންޏާ "ފަލޫޖާ ވޯސްދޭން ހިރޮޝިމާ" ގޫގްލް ކޮށްލަބަލަ.