ފޭސްބުކް މެސެންޖާއަށް އަންނަމުންދާ ބަދަލުތަކެއް ގިނަ ބަޔަކަށް ކަމުދެއެވެ. މިއަދު މެސެންޖާ އަޕްޑޭޓް ކުރުމާއެކު މިފަހަރުވެސް ފެނުނީ އާ ފީޗާއެކެވެ.

މި ފީޗާ އެންމެ ރަނގަޅުވާނީ ގްރޫޕް ޗެޓްތަކުގައި ބޭނުން ކުރާށެވެ. ނޫނީ އެ ބޭނުންވާ ހާއްސަ މެސެޖަކަށް ރިޕްލައި ދިނުމަށެވެ. ފޭސްބުމް މެސެންޖާއަށް އަލަށް ތައާރަފްކުރި މި ފީޗާ ކުރިން ވަޓްސްއެޕް އަދި ވައިބާގައިވެސް އިނދެއެވެ. މެސެންޖާއަށް މި ފީޗާއައީ އަލަށެވެ.

މިފަހަރު ގެނައި ބަދަލުގައި، ބޭނުންވާ މެސެޖަކަށް ރިޕްލައި ކުރުމަށް އެ މެސެޖަަށް ފިއްތާލުމަށްފަހު ކަނާތް ފަޅީގައި އިންނަ ތީރަށް ފިއްތާލާށެވެ. އަދި އެ މެސެޖަށް ދޭން ބޭނުންވާ ޖަވާބެއް ލިޔުމަށްފަހު ސެންޑްކޮށްލުމުން، އެ ޖަވާބު ދިނީ ކޮން މެސެޖަކަށް ކަން ފަސޭހައިން އިނގޭނެއެވެ.

މެސެންޖާއަށް މިފަހުން އައި ބަދަލުތަކަށް ބަލާއިރު، ނައިޓް މޯޑްއަށް ބަދަލު ކުރެވުމާއި، މެސެޖްތައް ޑިލިޓް ކުރެވުމާއި، މެސެޖްތަކަށް ރިއެކްޓް ކުރުންވެސް ހިމެނެއެވެ.

މިހާރު މެސެންޖާ ބޭނުން ނުކުރާ މީހުން ވަރަށް މަދުވާނެއެވެ. އެތައް މިލިއަން ބަޔަކު ބޭނުން ކުރަމުންދާ މެސެންޖާ އެޕްލިކޭޝަންއަށް ދޭތެރެ ދޭތެރެއިން ގެންނަމުންދާ ބަދަލުތައް ބައެއް ފަހަރު ބައެއް މީހުންނަށް ކަމަކު ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު