އެއާޕޯޓްގެ ސްޓާފުންނަށްވެސް ލިބުނީ ބޮޑު ޝޮކެކެވެ. އަދި ކަންވީގޮތް އެނގި މި އަންހެން މީހާއަށްވެސް ލިބުނީ ޝޮކެކެވެ. އޭނާ ނިއުޖާޒީ އެއާޕޯޓަށް ދިޔައީ ރަހުމަތްތެރިއެއްގެ ކައިވެނީގެ ހަފްލާއަށް ދިއުމަށް ޕެރިސްއަށް ދިއުމަށެވެ.

އެރިން ލެވިސް ނަމަކަށް ކިޔާ އެ އަންހެން މީހާ ނިވާކް އެއާޕޯޓަށް ދިޔައީ، ވަރަށް ރަނގަޅަށް ޕެކްކޮށް ދަތުރަަށް ރެޑީވެގެންނެވެ. އޭނާ އެއާޕޯޓަށް ދިއުމުން ބޮޑު ހައިރާންކަމެއް ލިބިގެންދިޔައީ، އޭނާ ޓިކެޓްގެ ނެގި އެއާލައިންގެ ޑެސްކެއް އަދި އެ އެއާލައިނައަށް ހާއްސަ ބެގޭޖް ކައުންޓަރެއްވެސް އެތަނުގައި ނެތުމުންނެވެ. އަދި އެ ނަން ކިޔާ އެއާލައިން އޮޕަރޭޓް ނުކުރާކަން އޭނާއަށް އެނގިގެން ދިއުމުން ބޮޑު ހައިރާންކަމެއް ލިބުނެވެ. ބިރުވެސް ގަތެވެ.

އޭނާ ދަތުރުކުރަން ޓިކެޓް ނެގީ ލެވެލް އެއާލައިން ނަމަަކަށް ކިޔާ އެއާލައިނަކުންނެވެ. އެއީ ވުޖޫދުގައިވެސް ނެތް އެއާލައިނެކެވެ.

ލެވެލް އެއާލައިނަކީ އަލަށް ތައާރަފް ކުރަން އުޅުނު، އެހެން ނަމަވެސް އަދި ވުޖޫދުގައިވެސް ނެތް ލޯ ކޯސްޓް އެއާލައިނެކެވެ. އޮޕަރޭޝަނަލްގެ މައްސަލަތަކެއް އުޅޭތީ އެ އެއާލައިންގެ ދަތުރުތައް ފެށިފައެއް ނުވެއެވެ. އެ އެއާލައިންއިން ނިންމާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު ހަތަރު ވަނަ ދުވަހުން ފެށިގެން ނިވާކް އިން ޕެރިސްއަށް ދަތުރުތައް ފެށުމަށެވެ. އެހެން ނަމަވެސް އެ ދަތުރުތައް ޑިލޭ ކުރަން ޖެހުނެވެ.

އެ އެއާލައިންގެ މާކެޓިންގ މެނޭޖަރ ބުނީ، އެރިންގެ ފްލައިޓް ކެންސަލްވެފައިވާކަން އޭނާއަށް މެއިލް މެދުވެރިކޮށް އެންގި ކަމަށެވެ. ނަމަވެސް އެރިން ވަނީ އެކަން ދޮގުކޮށްފައެވެ. މެއިލް މެދުވެރިކޮށް އޭނާއަށް އެފަަދަ އެއްވެސް މެއިލްއެއް ލިބިފައިނުވާކަމަށާއި، އެދުވަހު އެ އެއާލައިންގެ ވެބްސައިޓްވެސް އަޕްޑޭޓްކޮށްފައި ނުވާކަމަށް ވެއެވެ.

އެ ދުވަހުގެ މި ކަންތައްގަޑަށް ފަހު އެރިންގެ ނަސީބު ރަނގަަޅުކަމުން އެހެން ފްލައިޓަކުން އޭނާއަށް ޖާގަ ލިބުނެވެ. އަދި ޕެރިސްއަށް އޭނާ ވަނީ ގޮސްފައެވެ.